ހަބަރު

ދިޔަވަމުންދިޔަ ދޯންޏަކަށް އެހީވެދީފި

Mar 10, 2018

މާލެ އިން ފުރައިގެން ރ. އިންނަމާދޫ އަށް ދަތުރު ކުރަމުންދިޔަ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފުން އެހީވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މާލެ އިން ފުރައިގެން ދަތުރުކުރަމުން ދިޔަ "ސިގްނަލް" ދޯނި، ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:25 އެހާއިރު ކަމަށެވެ. މައުލޫމާތު ލިބުނު އިރު އެދޯނި އޮތީ މާލެ އަތޮޅު ގާފަރުގެ ހުޅަނގުގަ އެވެ.

އެމްއެންޑީއެފުން ބުނީ، ދޯނީގައި ހަތް މީހުން ތިބި ކަމަށާއި އެގެ ތެރޭގައި ހަ ދިވެއްސަކާއި ބިދޭސީއަކު ހުރި ކަމަށެވެ. ކޯސްޓްގާޑުން މިހާރު ދަނީ އެދޯންޏަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.