މިއުޒިކް

ފޭނުންނަށް ސަޕްރައިޒެއް ދޭން ޒިޕްސް ތައްޔާރުވަނީ

އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ޝުއާދު އަބްދުލް ރަހީމް (ޒިޕްސް)، އާ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލުމަށް ތައްޔާރުވެއްޖެ އެވެ.

މަޝްހޫރު މިއުޒިކު ޕްރޮޑިއުސާ މިސްޓީގެ މިއުޒިކަކަށް ތައްޔާރުކުރި މި ލަވައަކީ، ޒިޕްސް ސޯލޯ އާޓިސްޓެއްގެ ގޮތުގައި އަމިއްލައަށް ނެރޭ ފުރަތަމަ ލަވަވެސްމެ އެވެ. މި ލަވައިގެ ލިރިކްސްވެސް ތައްޔާރުކޮށްފައި ވަނީ އޭނާ އަމިއްލައަށެވެ.

ވީޑިއޯ މި ލަވައަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ސްޕްރައިޒްތަކަކާއެކު ގެނެސްދޭ ލަވައެއް ކަމަށް ޒިޕްސް ބުންޏެވެ. މި ލަވައިގެ ވީޑިއޯ ތައްޔާރުކޮށްދީފައި ވަނީ ސަންސް އަދި ސްޓިލް ޝޮޓް އެމްވީ އިންނެވެ.

"އިހްސާސްތަކާއި ވަރަށް ގަދައަށް ކުޅެލާނެ ސަޅި ލަވައެއް މީ." ޒިޕްސް ބުންޏެވެ. މި ލަވައަކީ 'ބިލީވް ޔޫ ކޭން' ޖަމިއްޔާގެވެސް އެހީތެރިކަމާއެކު ގެނެސްދޭ ލަވައެކެވެ.

ޒިޕްސް ވަނީ މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ރެކޯޑް ލޭބަލްސް ކަމަށްވާ ސިމްބޮލިކް އަދި ބީޓޮލޮޖީއަށްވެސް ލަވަ ކިޔާދީފަ އެވެ. އޭނާގެ އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި 'އިހްސާސްތަކޭ މީ' އަދި 'މަ ރޯންވީހޭ" ހިމެނެ އެވެ.

އެންމެފަހުން ނިކުތް ޒިޕްސްގެ ލަވަ 'މަ ރޯންވީހޭ'.

ޒިޕްސްގެ ފޭނުންނަށް ދޭ ސްޕްރައިޒް މި ލަވަ ކުރިއަށް އޮތް ހަފްތާ ތެރޭގައި ޔޫޓިއުބަށް އަޕްލޯޑުކުރާނެ އެވެ. އިންތިޒާރުކޮށްލައްވާށެވެ.