ހަބަރު

މިލަންދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

Mar 10, 2018

ށ. މިލަންދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިލަންދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވީ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ.

މިލަންދޫގައި މިއަދު ފެށި މަޝްރޫއުގެ ދަށުން އެރަށުގައި 29 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރާނެއެވެ. އަދި ގަޑިއަކު 10 ޓަނުގެ ފެންއުފައްދާ ދެ އާރުއޯ ޕްލާންޓް ބަހައްޓާނެއެވެ. އެ ދެ ޕްލާންޓުން ދުވާލަކު 164 ޓަނުގެ ފެން އުފައްދާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޯޕެކް ފަންޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން މި މަޝްރޫއަށް 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.