ހަބަރު

ފާރިސްއަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތެއް މާދަމާ

Mar 10, 2018
2

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

މިހާރު ވެސް ބަންދުގައި ހުރި ފާރިސްގެ މައްޗަށް ތުހުމަތު ކޮށް ކްރިމިނަލް ކޯޓްގައި އުފުލި އެ ދައުވާއަކީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ދައުވާއެކެވެ.

މާދަމާ 2:30 އަށް ތާވަލުކޮށްފައިވާ އެ އަޑުއެހުމަކީ މައްސަލައާ ގުޅޭ ހެކި ހުށަހެޅުމަށް ބާއްވާ ޝަރީއަތެކެވެ.

ފާރިސްގެ މައްޗަށް މިހާރުވެސް އިތުރު ތުހުމަތައް ވަނީކޮށްފައެވެ. އޭގެ ތެރޭގައި ޝަހްސު އޮޅުވައިލުމާއި ސަރުކާރު ވައްޓާލަން ރޭވުން ފަދަ ތުހުމަތުތައް ހިމެނެ އެވެ.