ހަބަރު

ކުއްލި ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މެންބަރަކު ހައްޔަރުކޮށްފި

Mar 10, 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ އިތުރު މެންބަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ނޭނގެ އެވެ.

އެމްޑީޕީން މިއަދު ބުނީ ޝިޔާން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭނާ މިއަދު ހައްޔަރުކޮށްފައިވާ އިރު އެޕާޓީގެ އިތުރު މެންބަރުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ގެ އިތުރުން އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ މާލޭގައި ހުޅުޖަހާ އަމަން ނަގާލަން އުޅުމުގެ ތުހުމަތަށެވެ.