ދުނިޔެ

އާރަމްކޯގެ ހިއްސާ ވިއްކަން ފެށުން ލަސްކޮށްފި

ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި ސައުދީ އާރަމްކޯގެ ހިއްސާ އާއްމުކޮށް ވިއްކަން ހުޅުވާލުން ފަސްކޮށްި ފއެވެ.

އިނގިރޭސިވި އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ބުނީ އާރަމްކޯގެ ހިއްސާ ވިއްކުން 2019 ވަނަ އަހަރާ ހިސާބަށް ލަސް ކުރާކަން ސައުދީ ސަރުކާރުން މިހާރު ވަނީ އިނގިރޭސި ސަރުކާރަށް އަންގާފަ އެވެ.

ސައުދީ ސަރުކާރުން ކުރިން ނިންމާފައި އޮތީ މިހިނގާ 2018 ވަނަ އަހަރުގެ ފަހު ހަމަސް ދުވަހުގެ ތެރޭގައި އާރަމްކޯގެ ހިއްސާ ވިއްކަން ލިސްޓް ކުރާާށެވެ. ނަމަވެސް އެކަން ލަސްކުރީ އެކަަމަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވިގެންނެވެ.

އާރަމްކޯގެ ހިއްސާ ބައިނަލްއަގުވާމީ ބާޒާރަށް ހުޅުވާލަން ލިސްޓް ކުރުމުގެ ފުރުސަތު އަދިވެސް ބޮޑީ އިނގިރޭސިވިލާތުގެ ލަންޑަންގެ ސްޓޮކް އެކްސްޗޭންޖްގަ އެވެ. އެކަމަށް ދެން އެންމެ ބޮޑަށް ވާދަކުރަނީ އެމެރިކާގެ ނިއުޔޯކެވެ. ލަންޑަނުގައި އާރަމްކޯގެ ހިއްސާ ވިއްކަން ހުޅުވާލާ ނަމަ އެ ކުންފުނީގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ސައުދީ އެނާޖީ މިނިސްޓަރު ހާލިދު އަލް ފާލިހް މިދިޔަ ހަފުތާގައި ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިއުޔޯކްގައި ލިސްޓްކޮށްފި ނަމަ ކުންފުނީގެ އަގަކީ 100 ބިލިޔަން ޑޮލަރު ކަމަށް ވެދާނެތީ އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ސައުދީ އާރަމްކޯއިން ވިއްކާގެ ކަމަށް ބެލެވެނީ އެކުންފުނީގެ ހިއްސާގެ ފަސް ޕަސެންޓެވެ. އެކަން ވެގެން ދާނީ ދުނިޔޭގެ އެންމެ ބޮޑު އައިޕީއޯއަށެވެ.