މިއުޒިކް

ލަވަ ލީކުކޮށްލުމުން، ޒޭންގެ ލަވަ ހިލޭ ދޫކޮށްލައިފި

މަޝްހޫރު އިނގެރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކުގެ އާ ލަވަ ލީކުކޮށްލުމުން، އެ ލަވަ ފޭނުންނަށް ހިލޭ ދޫކޮށްލައިފި އެވެ.

އުމުރުން 25 އަހަރުގެ ޒޭން، އޭނާގެ އާ ލަވަ "ޑޯންޓް މެޓާ (ރިމިކްސް)" ލީކުކޮށްލާފައިވާކަން ވަނީ ޓުވިޓާ މެދުވެރިކޮށް ބުނެފަ އެވެ. އެ ލަވައަކީ ޒޭން އާއި އޮގަސްޓު އެލްސިނާ ކިޔާފައިވާ ލަވަ އެކެވެ.

"މި ލަވައަކީ އަހަރެން ނެރެން ގަސްތުކުރި ލަވައެއް ނޫން. އެކަމަކު ބަޔަކު މި ލަވަ ލީކުކޮށްލާފައިވާތީ، އަހަންނަށް އަހަރެންގެ ފޭނުން މުހިންމުވާތީ މި ލަވަ ހިލޭ ދޫކޮށްލަނީމި." ޒޭންގެ ޓުވީޓުގައި ބުނެފައިވެ އެވެ.

ޒޭން ކުރި ޓުވީޓު.

އެ ލަވަ މިހާރު ވަނީ ޒޭންގެ އަމިއްލަ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެގޮތް ހަދާފަ އެވެ.

ލަވަ ލީކުކޮށްލުމާއި ގުޅިގެން އޮގަސްޓު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "އަހަރެންގެ ލޯބި ޒޭންއަށް ފޮނުވަން. ޒޭންއަކީ އަހަންނަށް ބޭބެއެއް ކަހަލަ މީހެއް. އަދި އަހަންނަކީ ޒޭންގެ ބޭބެއް ކަހަލަ މީހެއް. މި ލަވަ ލީކުވީ ކިހިނެތް ކަމެއް ނޭނގެ. އެކަމަކު އަހަރެމެން ދެ މީހުން އެއްކޮށް ކުރި މި މަސައްކަތް ވަރަށް ފުރިހަމަ." އެވެ.

އޮގަސްޓު ކުރި ޓުވީޓު.

ވަން ޑިރެކްޝަން ބޭންޑުން ބޮޑު މަގުބޫލުކަމެއް ހޯދި ޒޭން މިހާރު އެ ބޭންޑުން ވަކިވެ މަސައްކަތް ކުރަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގަ އެވެ. އޭގެފަހުން އޭނާ ވަނީ އެއް އަލްބަމްވެސް ނެރެފަ އެވެ. ދެ ވަނަ އަލްބަމްގެ މަސައްކަތް ކުރަމުންދާއިރު އަލްބަމް ނެރޭނީ ކޮން ދުވަހަކުކަމެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.