މީހުން

ސްޓެފަން ހޯކިންގް އަވަހާރަވެއްޖެ

އިނގެރޭސިވިލާތުގެ މަޝްހޫރު ތިއޮރޮޓިކަލް ފިޒިސިސްޓް ސްޓީފެން ހޯކިންގް އަވަހާރަވެއްޖެ އެވެ. ސްޓެފެން އަވަހާރަވިއިރު އޭނާގެ އުމުރަކީ 76 އަހަރެވެ.

ސްޓެފަންގެ އައިލާ އިން ވަނީ އެ ހަބަރު ކަށަވަރުކޮށްދީފަ އެވެ. ސްޓެފަންގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަކީ މޮޅު ސައިންޓިސްޓެއް ކަމަށާއި ގެއްލިގެން އެ ދިޔައީ އަގުނުކުރޭ ވަރުގެ ފުރާނައެއް ކަމަށެވެ.

ސްޓެފަން އެންމެ މަޝްހޫރުވެފައި ވަނީ ކޮޒްމޯލިޖީގެ ނުވަތަ ކާއިނާތުގެ އެތެރޭގައި ހިނގާ ތަފާތުކަމަށް އޭނާ ކޮށްފައިވާ ދިރަސާތަކުންނެވެ. އެގޮތުން ބްލެކް ހޯލުން ރޭޑިއޭޝަންގެ ބާރު ހުންނަކަން އަންގައިދޭ ތިއޮރީ ނުވަތަ މަޝްހޫރު ނަމުންނަމަ "ހޯކިންސް ރޭޑިއޭޝަން" އަކީ ފާހަގަކޮށްލެވޭ ހޯދުމުކެވެ.

އޭނާ ވަނީ އެ ދާއިރާއިން މަޝްހޫރު ގިނަ ފޮތްތަކެއްވެސް ލިޔެފަ އެވެ. އެގޮތުން "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" އަކީ ފާހަގަކޮށްލެވޭ ފޮތެކެވެ.