ހަބަރު

ހައިކޯޓުގެ ފަނޑިޔާރަކަށް ހަސަން އަލީ އައްޔަންކުރަން ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ކުރީގެ ރެޖިސްޓްރާ ހަސަން އަލީ އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމައިފި އެވެ.

ޖޭއެސްސީއިން ބުނީ ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމެވީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުން ކުއްލި ގޮތަކަށް ހަސަން އަލީ މިދިޔަ އަހަރު ވަކިކޮށް އާސަންދަ ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި އެވެ. އެ ފަހުން އެ މަގާމުން ވެސް ވަކިކޮށްފައިވެ އެވެ. މިހާރު ހަސަން އަލީ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.