މިއުޒިކް

ދަތެއްގައި ރިހޭތީ ދުއާ ލިޕާ ޓްއާ ހުއްޓިއްޖެ

މަޝްހޫރު އިނގޭރޭސި ލަވަކިޔުންތެރިޔާ ދުއާ ލިޕާ އޭނާ ރާވާފައި އޮތް ދެ ޓްވާއެއް ކެންސަލުކޮށްފި އެވެ. މައްސަލައަކީ ކޮލު ދަތެއްގައި ރިއްސަމުން ދިއުމެވެ.

"ނިއު ރޫލްސް" ލަވަކިޔައިގެ ބޮޑު މަގުބޫލުކަމެއް ލިބުނު ދުއާ އޮތީ މަޝްހޫރު އެމެރިކާގެ ލަވަކިޔުންތެރިއާ ބްރޫނޯ މާސްއާއެކު އޮސްޓްރޭލިއާއަށް ކޮންސެޓަކަށް ދިއުމަށް ނިންމާފަ އެވެ. މީގެ އިތުރުން ނިއުޒިލޭންޑުގައި ބްރޫނޯއާއެކު ބާއްވަން ނިންމާފަ އޮތް ކޮންސެޓު ވެސް ވަނީ ކެންސަލުކޮށްފަ އެވެ.

ފޭނުންގެ އަރިހުން މާފަށް އެދި އުމުރުން މިހާރު 21 އަހަރުވެފައިވާ ދުއާ ވަނީ ޓްވީޓެއްވެސް ކޮށްފަ އެވެ. އެ ޓްވީޓުގައި ދުއާ ބުނީ "ބްރޫނޯ މާސްއާއެކު ކުރިއަށް ރާވާފައިހުރި ޝޯތައް ކެންސަލުކުރަންޖެހުމުން މާފަށް އެދެން." ކަމަށެވެ.

"އަހަރެންގެ ކޮލު ދަތެއްގައި ވަރަށް ގަދައަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން އެންގީ އެ ދަތް ނަގަން. އަހަރެން އައީ ޓްވާގެ ދަތުރުތަކުގައި ވަރަށް މަޖާކުރަމުން. ނަމަވެސް ދަތަށް ތަދުވާތީ ކުޑަ ދުވަސްކޮޅަކަށް މަޑުޖައްސާލި ނަމަވެސް ރަނގަޅު ވީހާ އަވަހަކަށް އެނބުރި ޓްއާއަށް އަންނާނަން."

ދުއާ އެ ޓުވީޓު ކުރުމުގެ ކުރިން އޭނާގެ ޓުއާގެ ދަތުރުތަށް އިޝްތިހާރުކުރާ "ލައިވް ނޭޝަން" އިން އޭނާގެ ސިއްހީ ހާލަތާއި ބެހޭގޮތުން މީޑިއާތަކާއި މައުލޫމާތު އާންމުކޮށްފަ އެވެ.