ހަބަރު

މެންބަރު އިލްހާމް ޝަރީއަތް ނިމެންދެން ބަންދަށް

އިލްހާމް: ޝަރީއަތް މިއަދު ފަށާނެ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ޓަރަރިޒަމްގެ ދައުވާ އުފުލާފައިވާ އިލްހާމް އަހުމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

އިލްހާމް މިއަދު ހަވީރު ކުރިމިނަލް ކޯޓަށް ހާޒިރުކުރި ފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލި ހަތަރު މެންބަރުންގެ ތެރޭގައި އިލްހާމް ހިމެނޭކަން ވަނީ ހާމަކޮށްފަ އެވެ. މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އިއްވިއިރު ޓެރަރިޒަމްގެ ތުހުމަތެއް ކުރާކަން އިލްހާމަށް އަންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއީ އޭނާ ހައްޔަރުކުރިތާ 35 ދުވަސް ފަހުންނެވެ.

އިލްހާމް ހައްޔަރުކުރީ ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެއްކޮށެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު އިލްހާމް ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިލްހާމް މިދިޔަ މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރި އޭނާއަށް އެ ކުރަނީ އެ ތުހުމަތުތައް އެކަންޏެވެ. ނަމަވެސް މިހާރު ޓެރަރިޒަމްގެ ގާނޫނުގެ ތިން މާއްދާއެއްގެ ދަށުން އާ ތިން ތުހުމަތެއްކޮށް މިވަނީ ދައުވާކޮށްފަ އެވެ.

އިލްހާމް ހައްޔަރުކޮށްގެން ގެންގުޅެނީ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަަލަ އާއި ފަނޑިޔާރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ގާނޫނާ ހިލާފަށް ބަޔަކު ރާވައިގެން ގާނޫނީ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނާ މައްސަލާގަ

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފެނޭދޯ

ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345