މިއުޒިކް

ރޭ ލަވަ ހުށަހަޅަދިނީ "އެކޯސްޓިކް"ތީމަށް

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ ދިހަ ބައިިވެރިންގެ ހުށަހެޅުންތައް ރޭ ވަނީ ފަށާފަ އެވެ.

ޖަޖުންގެ ކޮންމެޓްސްތަކަށް ބަލާނަަމަ ޖުމްލަ ގޮތެއްގައި ހުރިހާ ބައިވެރިންގެ ހުށަހެޅުންތަކަށްވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮންމެޓުތައް ލިބުނެވެ. ނަމަވެސް ޖަޖުން ވަނީ ކުދިކުދި މައްސަލަތަށް ފާހަގަކޮށްފަ އެވެ. ލަވަ ހިޔާކުރާއިރު އެ ބައިވެރިޔަކާ ގުޅޭ ލަވައެއް ހިޔާރުކުރުމަށް ޖަޖުން ބުނާ ބުނުން ރޭވެސް ތަކުރާރުކޮށްފައިވެ އެވެ.

ގަދަ ދިހަ ބައިވެރިންގެ ތެރޭގައި ހިމެނެނީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

ގަދަ 10 ބައިވެރިން ރޭ ހުށަހަޅާދިން ލަވަތައް.

ޖަޖުންގެ ކޮންމެޓްސްތަކަށް ބަލާނަަމަ ޖުމްލަ ގޮތެއްގައި ހުރިހާ ބައިވެރިންގެ ހުށަހެޅުންތަކަށްވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮންމެޓުތައް ލިބުނެވެ. ނަމަވެސް ޖަޖުން ވަނީ ކުދިކުދި މައްސަލަތަށް ފާހަގަކޮށްފަ އެވެ. ލަވަ ހިޔާކުރާއިރު އެ ބައިވެރިޔަކާ ގުޅޭ ލަވައެއް ހިޔާރުކުރުމަށް ޖަޖުން ބުނާ ބުނުން ރޭވެސް ތަކުރާރުކޮށްފައިވެ އެވެ.

ބެލުންތެރިންގެ އެންމެ ބޮޑު ފާޑުކިޔުންތަކެއް ރޭގެ ޝޯގައި އަމާޒުވީ ޖަޖުންނާއި ބައިވެރިންގެ ކޮސްޓިއުމް އަދި ހެއާ ސްޓައިލަށެވެ. އެއް ބަޔަކަށް ކަމުދިޔައިރު އަނެއް ބަޔަކު ހިތްހަމައެއް ނުޖެހުނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ފާޑުކީ ޖަޖު މަރިޔަމް އުނޫޝާގެ އިސްތަށިގަނޑަށެވެ. ކޮންމެ އެޕިސޯޑަކު ތަފާތު ހެއާ ސްޓައިލެއް ދައްކާލާ ޖަޖަކަށް އުނޫޝާ ވާނެ އެވެ.

ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
އުނޫޝާގެ މޭކަޕް ތައްޔާރުކުރި އާޓިސް ކޮށްފައިވާ ޓުވީޓެއް.

މިރޭ އޮންނަ އެލިމިނޭޝަން ޝޯގައި އެއް ބައިވެރިޔަކަށް ޝޯއިން ވަކިވާންޖެހޭނެ އެވެ. މިރޭގެ އެލިމިނޭޝަނުން ޝޯއިން ވަކިވާންޖެހޭނެ ބައިވެރިއެއް ކަނޑައަޅާނީ ބެލުންތެރިންގެ 50 އިންސައްތަ ވޯޓުންނާއި ޖަޖުންގެ 50 އިންސައްތަ މާކްސްއަށް ބެލުމަށްފަހު އެވެ. އާންމުންނަށް ވޯޓު ލުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00 ޖަހަންދެން ވަނީ ހުޅުވާލާފަ އެވެ.