ކުޅިވަރު

ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ

0%
0%
0%

ސިންގަޕޫރާ ދެކޮޅަށް އިއްޔެ ގައުމީ ޓީމު ބައްދަލު ކުރި މެޗުގައި ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން (ޔާން) އަށް ކޯޗް ޕީޓާ ޝެގަޓް ވަނީ ފުރުސަތު ދީފަ އެވެ. މެޗުން އޭނާއަށް ފުރުސަތު ދިނުމުން، އޭނާ ވެފައި ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

ގައުމީ ޓީމުގެ 17 ނަންބަރު ޖޯޒީގައި އިއްޔަ އޭނާ ކުޅެން ނެރުނު އިރު އޭނާގެ އުމުރަކީ 17 އަހަރާއި 85 ދުވަހެވެ. މުހައްމަދު އުމޭރުގެ ބަދަލުގައި ޔާމީން ކުޅެން އެރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. ބަދަލު ކުރަން ޓަޗް ލައިން ކައިރީގައި ޔާމީން ހުއްޓިގެން ހުއްޓައި، ކޯޗު ޝެގަޓް ވަނީ އޭނާ ކައިރިއަށް ގޮސް އޭނާއަށް އިރުޝާދު ދީފަ އެވެ.

އޭގެ ކުރިން ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކީ މުހައްމަދު ހަލީމް (ބޮޑު ޖަޑާ) އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 1984 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އޭނާ ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 145 ދުވަހެވެ.

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 18 އަހަރުގަ އެވެ.

ޔާމީނަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. ގައުމީ ސްކޮޑު އެކުލަވާލުމުގެ ކުރިން ގައުމީ ކޯޗް ޕީޓާ ޝެގަޓް ވަނީ، 19 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތަކެއްގައި ބައިވެރިވެފަ އެވެ.

"19 އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިހުގައި ފުރަތަމަ ފަހަރުވެސް އަހަންނަށް އޭނާ އަޅައިގަތް، އޭނާގެ ހުރި ހުނަރާއި ސްޕީޑް ފެނިފައި އަހަރެން ވަރަށް ހިތްހަމަ ޖެހުނު،" މެޗަށް ފަހު ވާހަކަ ދައްކަމުން ޝެގަޓް ބުނެފައި ވެއެވެ. "ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ވެސް އޭނާ މަސައްކަތް ކުރި ގޮތުން ހީވީ މީގެ ކުރިން ވެސް ވަރަށް ބައިވަރު މެޗަުތަކެއް ކުޅެފައި ހުރި ކުޅުންތެރިޔެއް ހެން."

"އޭނާގެ އެންމެ މުހިންމު ސިފައަކީ އަހަރެން އެއްޗިހި ކިޔައިދިނުމުން ކަނުލައި އަޑު އަހާ ކަން، އަދި އެކަންކަން ވަރަށް އަވަހަށް އޭނާ ދެނަގަނޭ."

މާލެއިން ފުރުމުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން ޝެގަޓް ބުނީ، ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް އާންމުންއި މީޑިއާގެ ފަރާތުން ޕްރެޝާ ކުރިމަތި ނުކުރުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ކޯޗް ވަނީ އެދިފަ އެވެ.

އިއްޔެގެ މެޗުގައި ގައުމީ ޓީމަށް އަލަށް ނެގި ތިން ކުޅުންތެރިންނަށް ވެސް، ކޯޗު ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން، އީގަލްސްގެ މުހައްމަދު ނާއިމް އާއި ވިކްޓަރީގެ ހުސައިން ނިހާން (ނިހާޓް) އަށްވެސް ވަނީ ފުރުސަތު ދިފަ އެވެ. ގައުމީ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އެއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

17 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދިރާސާ ގައުމީޓީމުގެ އާ ގައުމުގެ

ދޮންކަލޯ ބުނަން! ޔާމީން ކިޔާފިއްޔާ ހަމަ ގަދައީ އޭ ދޯ! މަވެސް ދެން މަށައް ލިބޭ ފިރިހެން ދަރިއަކަށް ކިޔާނީ ހަމަ ޔާމީން. އޯކޭއެއްނު ދޯ .

އޮއްޕޮ

އަޅުގަނޑުމީ ގަުމީ ޓީމް އައް މެޗެއް ކުޅުނު އެންމެ ދޮޝީ ކުޅުންތެރިޔާ

ބޯހަލާކު

މާދެން އެނގޭ މީހުން ގިނައީ.. 16 17 އެކޭ ނުކިޔަ އެކުދިންނަށް ހިތްވަރެއް ދީބަލަ...

ދަގަނޑޭ

ނޭންގުނެއްނު؟ އޮއްޕޮ ގައުމީ ޓީމަށް ކުޅުނީ 32 އަހަރުގައި.

މަގޭ ހިޔާލު

ގައުމީ ޓީމްގެ ސްކޮޑަށް އެރުމާ ކުޅެން އެރުން އެ ތަފާތު 2 ކަމެއް. 16 އަހަރުގަ ގައެމީ ޓީމް ސްކޮޑް ގައި ހިމެނުން އެ ގައުމީ ޓީމަށް ކުޅުން އެންމެ ހަގު ކުޅުންތެރިޔާ އަށް ވީކީ ނޫން.

ހަަހަހހަހަހަހަ

ބަލަ އޭގަ ބުނީ ޤައުމީ ޓީމް އޭ 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ވާހަކަ އެއް ނުދައްކައޭ

އަސްލޭ

ބުރޯ އޭނާ ރޭގަ މެޗުގަ ކުޅުނޭ.. ހަމަ ހޭގަތޯ؟ ވާނުވާ ނުބަލާ ކޮމެންޓްކުރާތި..ޖޭވޭދޯ ކަޑަވޭދޯ؟ ޑައެޖިންގ ގަނެލައިވެން ކައިގެންވިޔަސް ހަޖަމުގެ ބައި ރަނގަޅުވޭތޯ ބަލާ

ދޮންބެ

ސްކޫލްގައި އުޅެމުން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ވަރަށްގިނަ. އޭގެތެރެއިން އެންމެ ހަގީ ކޮން ކުޅުންތެރިއެއްތޯ ޔަގީން ކޮށްފަ ނޫނީ މިފަދަ ހަބަރުޖެހުން ރަގަޅެއްނޫން. ކަލީމް، ޖަޑާ، އޮއްޕޮ މީ ހަމަ ސްކޫލްގަ އުޅެމުން ސޯޅަ ސަތާރައިގަ ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިން

ހަސަން

އަސްލު ވާގޮތަކީ އެއްޗެއް އެނގިގެނެއް ނޫން މިހާރު އުޅޭ ނޫސްވެރިން ލިޔަނީކީ. އޮއްޕުވެސް ކަލީމުވެސް ޖަޑާ (މުޙައްމަދު ޙަލީމު) ވެސް ޢަބްދުﷲ ޢާމިރުވެސް ޤައުމީ ޓީމަށް ކުޅުނީ ސްކޫލުގައި އުޅެމުން.

ލިޒީ

ސުކޫލުގަ އެވެރިން އުޅޭނެ އެޒަމާނުގަ 19 އަހަރުގަވެސް.. އެފްއޭ އެމްގަ އެބަހުރި އެ މައުލޫމާތުތައް.. 17 އަހަރުގަ ޤައުމީޓީމަާް ކުޅުނީ ޖުމްލަ 4 ކުޅުންތެރިން އަހަރު އެއްވަރު ވީމަ ދެން ނަލާނީ ދުވަހަށް..އެ ގޮތުން ބަލާއިރު ޔާމީނަކީ އެންމެ ހަގު..

ފަންކަ

ޢަބްދުﷲ ޔާމީން އެއީ ހޯރަފުށީ ކުޅުންތެރިއެއް.. (އާޓިކަލްގައި މިވާހަކަ ނެތުމުން ބުނެލީ)

ކުންހީ

އޮއްޕޮ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 16 އަހަރުގައި ނޫންތަ؟؟ މަޖީދިއްޔާގައި ކިޔަވަމުން ދިޔަދުވަސްވަރު؟؟

ލޮކަބީ

16އ 110ދުވަސް

ރަނގަޅު

އޮއްޕޮ ގައުމީ ޓީމަށް ފުރުތަމަ ކުޅުނު އިރު އުމުރަކީ 18 އަހަރު

ސްޓެޓްސް

ގައުމީ ޓީމަށް ކުޅެން ފެށި އެންމެ ހަގު ކުޅުންތެރިޔަކުގެ ނަން ސީދާ ސާފުކޮށް ބުނަން އުނދަގޫވާނެ އެކަމަކު ޔަގީނުން ވެސް އަދި އެނގިފައި އޮތީ އެންމެ ޒުވާން އުމުރުގައި ގައުމީ ޓީމަށް ކުޅުނީ ހަސަން އަދުހަމް (ސަޑޭ) ކްލަބަށް މެޗެއް ކުޅުމުގެ ކުރިން ސަޑޭ ވަނީ ގައުމީ ޓީމުގައި ހިމެނިފައި އެއީ އޭނަގެ 17 ވަނަ އުފަން ދުވަހުގެ ކުރިން. އޮއްޕޮ ސްކޫލުގައި އުޅެމުން ކުޅުނުއިރު ވެސް ވަނީ 17 އަހަރު ފުރިފަ

ޒިމް

އޮއްޕޮ ކުޅުނީ އޭނާގެ އުމުރުން 19 އަހަރުގަ..

ނުބައި

ޢެހެން އޮއްޕޮ އެއީ ގައުމީޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345