ދުނިޔެ

ހޫސީން ސައުދީއަށް ފޮނުވައިލި ހަތް މިސައިލްވެސް ހަލާކުކޮށްލީ ވައިގެ ތެރޭގައި

ޔަމަނުގައި ސައުދީން މަދަދުކުރާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫސީން އާދީއްތަ ދުވަހު ސައުދީއަށް ޖުމްލަ ހަތް މިސައިލް ފޮނުވައިލިކަމަށާއި އެ ހަތް މިސައިލްވެސް ،މިސައިލުން ދިފާއުވާ ނިޒާމުން ހުއްޓުވި ކަމަށް އެގައުމުން ބުނެފިއެވެ.

ސައުދީ ސިފައިންގެ ކާނަލް ތުރުކީ އަލް މާލިކީ ސީއެންއެންއަށް ވިދާޅުވެފައި ވަނީ ހޫސީން މިސައިލްތައް ފޮނުވައިލީ ހަތަރު އަމާޒަކަށް ކަމަށެވެ. ހޫސީން މިސައިލްތައް އަމާޒުކުރީ ވެރިރަށް ރިޔާޒަށާއި ހުޅަނގު ދެކުނުގައިވާ ޚާމިސް މުޝާއިތު ނަމަކަށަށް ކިޔާ ރަށަށާއި ދެކުނު ބޯޑަރުގައިވާ ނަޖުރާނަށާއި ދެކުނުގައިވާ ޖިޒާން ނަަމަކަށް ކިޔާ ރަށަށަށެވެ. މާލިކީ ވިދާޅުވެފައި ހޫސީން ފޮނުވައިލި ހަތް މިސައިލްގެ ތެރެއިން ތިން މިސައިލް އަމާޒުކުރީ ވެރިރަށް ރިޔާޒަށް ކަަމަށެވެ.

ހުރިހާ މިސައިލްތަކެއް ވެސް ވައިގެ ތެރޭގައި ހަލާކުކޮށްލި އިރު އޭގެ ތެރެއިން އެއް މިސައިލްގެ ހަލާކުވެފައިވާ ބައިތައް މީހުން ދިރިއުޅޭ ހިސާބަކަށް ފޭބުމުގެ ސަބަބުން އެކަކު މަރުވެ، އާއްމުންގެ ބައެއް މުދަލަށް ގެއްލުންވި ކަމަށް ސައުދީ ސަރުކާރުގެ ނޫސް އެޖެންސީން ބުންޏެވެ. އެ ޖެންސީން ބުނީ މަރުވީ މިސްރު މީހެއް ކަމަށެވެ.

ހޫސީން ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ހަލާކުކޮށްލުމުން އޭގެ ބައެއް ވެއްޓެނީ.

ޔަމަނުގައިވާ ބައިނަލް އަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް މަދަދު ކުރުމުގެ ގޮތުން ޔަމަނު ހަނގުރާަމައިގެ ތެރެއަށް ސައުދީން ވަތް ފަހުން ހޫސީން އަންނަނަނީ އެގައުމަށް ގިނަ މިސައިލްހަމަލާތަކެއް ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރުމަހުވެސް ހޫސީން ސައުދީއަށް މިސައިލް ހަމަލާތައް ދިނެވެ.