ދުނިޔެ

ޓްރަމްޕާ އޮތް ގުޅުން ސިއްރުކުރަން ބިރުދެއްކި

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ އެކު އޮތް ނަހަމަ ގުޅުމެއްގެ ވާހަކަ ސިއްރު ކުރުމަށް ބުނެ މީހަކު ބިރުދެއްކި ކަމަށް ސްޓޯމީ ޑެނިއަލްސް( ސްޓެފަނީ ކްލިފޯޑް) ބުނެފިއެވެ.

ސްޓޯމީ ޑެނިއަލްސް އަކީ ޓްރަމްޕާ 2006 ވަނަ އަހަރު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނާ އޮރިޔާން ފިލްމު ކުޅޭ އަންހެނެކެވެ. އޭނާއާ ޓްރަމްޕާ އޮތް ގުޅުން ސިއްރުކުރުމަށް އެއްބަސްވުމެގެއް ދަށުން 130000 ޑޮލަރު ދިން ކަމަށް ޓްރަމްޕްގެ ލޯޔަރަކު ކުރިން ވަނީ އެއްބަސްވެފައެވެ. އޭގެ ފަހުން އެމެރިކާގައި ވަރަށް ބޮޑަށް އެވާހަކަ ވައިގައި ހިފި ފަހުން ސްޓޯމީ ޑެނިއަލްސް ދިން އެންމެ ތަފުސީލު އިންޓަވިއު، ދިނީ ސީބީއެސް ނިއުސްގެ " ސިކްސްޓީ މިނަޓްސް" ޕްރޮގްރާމަށެވެެ. އެޕްރޮގްރާމްގައި އޭނާ ވަނީ ޓްރަމްޕާ ހިންގި ގުޅުމުގެ ތަފުސީލުތައް ކޮންމެވެސް ވަރަކަށް ހާމަކޮށްފައެވެ. ނަމަވެސް ގުޅުން ހިންގިކަމުގެ ހެއްކެއް އެބަ އޮތްތޯ ކުރި ސުވާލަކަށް އޭނާ ޖަވާބެއް ނުދެއެވެ.

އެ ޕްރޮގްރާމަށް ދިން އިންޓަވިއުގައި އޭނާ ބުނީ އެނާއާއި ޓްރަމްޕްގެ ގުޅުމުގެ ވާހަކަ މަޖައްލާއަކަށް ވިއްކާލަން އުޅުމުން 2011 ވަނަ އަހަރު ލަސްވެގަސްގައި އޭނާއަށް ބިރުދެއްކި ކަމަށެވެ.

"ގުޅުމާ ބެހޭ ވީޑިއޯއެއް، އީމެއިލްއެއް ނުވަތަ ޓެސްޓް މެޖެސެޖެއް އެބަހުރިހޭ" އެހުމުން އޭނާ ބުނީ އެސުވާލަށް މިވަގުތު ޖަވާބެއް ނުދެވޭނެ ކަމަށެވެ.

ލަސްވެގަސްގައި 2011 ވަނަަ އަހަރު އޭނާއަށް ބިރު ދެއްކި ހާދިސާ ކިޔައިދެމުން އޭނާ ބުނީ ބިރުދެއްކި މީހާ އޭނާއާ ކުރިމަތިލީ ފިޓްނަސް ކްލާހެއް ނިންމާފައި ގެއަށް ދިއުމަށް ކުޑަ ދަރިފުޅު ގޮވައިގެން ކާރުގައި އިންދާ ކަމަށެވެ. އެގޮތުން އައި މީހާ ކުޑަ ކުއްޖާއާ ދިމާލަށް ގުދުވެ ބަލާލާފައި އެކުއްޖާގެ މަަންމައަށް ކަމެއް ވެއްޖެ ނަމަ އޭނާ ލަދުގަންްނާނެ ކަަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.

"ފިރިހެނަކު އަހަރެންގެ ގާތަށް އައިސް ބުނި ޓްރަމްޕް ދޫކޮށްލާށޭ، ވާހަކަ ހަނދާން ނައްތާލާށޭ،" ސްޓޯމީ ޑެނިއަލްސް ބުންޏެވެ.