ކުޅިވަރު

މިީ ކުރިމަގަށް މުހިންމު ޓެސްޓެއް: އަޑޭ

ބޫޓާންއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ މި އަހަރު ރަނގަޅަށް ފަށައި ސާފް ޗެމްޕިއަންޝިޕަށް ވަރުގަދަ އަޒުމެއްގައި ދިއުމަށް އޮތް މުހިންމު ޓެސްޓެއް ކަމަށް ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑޭ) ބުނެފި އެވެ.

މިދިޔަ އަހަރުވެސް ގައުމީ ޓީމުގެ ގިނަ މެޗުތަކުގައި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާފައިވާ، އަޑޭ ބުނީ، ބޫޓާންކީަމިހާރު ރާއްޖެއާ އެއް ލެވަލެއްގެ ޓީމެއް ކަމަށާއި ކުރިއަށް ހުރި މުބާރާތްތަކަށް ރަނގަޅު އަޒުމެއްގައި ދިއުމަށް ބޫޓާން ބަލި ކުރެވިއްޖެނަމަ ބޮޑު ހިތްވަރެއް ލިބޭނެ ކަމަށެވެ.

"މި އަހަރުގައި ސާފް ޗެމްޕިއަންޝިޕް އޮންނައިރު، މިއީ ހަމަގައިމުވެސް ފަސޭހައިން ދޫކޮށްލެވޭ ވަރުގެ މެޗެއް ނޫން، އަނެއްކާ އަޅުގަނޑުމެންނާ އެއް ރޭންޖެއްގެ ޓީމެއް،" އަޑޭ ބުންޏެވެ. "އެހެންވީމަ ކޯޗުގެ އިރުޝާދުގެ ދަށުން އާ ޒުވާން ކުޅުންތެރިންތަކެއް މީގެ ތެރެއަށް އައުމުން މިހާރު މިއަންނަނީ މި ޓީމު ވަރުގަދަ ވަމުން އެހެންވީމަ މިއީ ވަރަށް މުހިންމު މެޗެއް މީ، އަޅުގަނޑުމެން ދެކެނީ އާ ޓީމެއްގައި އާ ޖޯޝަކާއެކު އާ އަހަރަށް އާޒުމެއް އާ ކޮށްލަން ލިބޭ މެޗެއްގެ ގޮތުގައި ދެކެނީ."

މީގެ އަށް ވަރަށްކަށް އަހަރު ކުރިއަށް ބަލާއިރު، ރާއްޖެއިން ބޫޓާނާ ދެކޮޅަށް ތަފާތު ބޮޑު ނަތިޖާތަކެއް ނެރެފައި އެބަހުއްޓެވެ. ނަމަވެސް މިފަހަކަށް އައިސް ބޫޓާން އަތުން މޮޅު ވެވެނީ ވަރަށް އުނދަގުލުންނެވެ. އަޑޭ ބުނީ ބޫޓާނުން ރާއްޖެ ބަލި ކުރުމަށްޓަކައި މާކުރިން ވެސް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި އެންމެ އެންމެ ބޮޑު ތަފާތަކީ ރާއްޖެއަށް ވުރެ ބޮޑަށް ދުރާލައި އެ ޓީމުން ތައްޔާރު ވުން ކަަމަށެވެ.

"އަޅުގަނޑުމެން މެޗަށް މި ތައްޔާރު ވަނީ މިރޭ މެޗު އޮވެޖެ ކަމުގައި ވަނަމަ ދެ ދުވަހު ޕްރެކްޓިސް ކޮށްލާފައި މެޗު ކުޅެނީ، އެހެނެއް ނޫން އެމީހުން ޓިމު އެއްކޮށް އެތައް ދުވަހެއް ވަންދެން ޕްރެކްޓިސް ކޮށްފައި މެޗަށް އަންނަނީ، އަޅުގަނޑުމެންވެސް ދުރާލައި ތައްޔާރު ވެވޭނަމަ ތަފާތު ދެއްކޭނެ."

އަޑޭ ބުނީ ގައުމީ ޓީމުގެ ކޯޗު ހުރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށާއި އާ ކޯޗާއެކު ޒުވާން ކުޅުންތެރިންނަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.

"ޒުވާން ކުޅުންތެރިންނަށް އެބައޮތް ވަރަށް ބޮޑު ފުރުސަތެއް، އެ ކުޅުންތެރިން ކޯޗު ލައިކުވާ ގޮތަށް މަސައްކަތް ކޮށްގެން ހަމަ ގައުމީ ޓީމަށް އަރަންވީ، މީގައި އެބައޮތް ފުރުސަތު ހުރިހާ އެންމެންނަށްވެސް، މީ ވަކި މީހެއްގެ ގައުމެއް ނޫން، ގައުމު މީ ހަމަ އެންމެގެ ގައުމެއް، ފުރުސަތު އެބައޮތް ކޯޗުގެ އިރުޝާދުގެ ދަށުން ޒުވާން ހުރިހާ ކުޅުންތެރިންނަށްވެސް."