ހަބަރު

އަމިއްލަ ގޯތިތައް އިމާރާތްކޮށްދޭން ހުޅުވާލައިފި

Mar 28, 2018
8
މާލެ މަތިން - ފައިލް ފޮޓޯ | އަވަސް
0%
0%
0%

މާލޭގައި ހުރި އަމިއްލަ ފަރާތްތަކުގެ ގޯތި ތަރައްގީކޮށް، އިމާރާތް ކޮށްދިނުމަށް މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން (އެމްއާރްއީއައިސީ) އިން ހުޅުވާލައިފި އެވެ.

އެމްއާރްއީއައިސީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުން މާލޭގައި ހުރި އަމިއްލަ ފަރާތްތަކުގެ ބިން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ހުޅުވާލާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އިއުލާނުގައި ހިމަނާފައެއް ނުވެ އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮފީހަށް ގޮސް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345