ހޮލީވުޑް

"ޖުރެސިކް ވޯލްޑް 3" ޑައިރެކްޓުކުރަނީ ކޯލިން

ސްޓީވެން ސްޕީލްބާޓް އުފެއްދި މަޝްހޫރު ފިލްމު ސީރީޒް "ޖުރެސިކް ވޯލްޑް" ގެ ތިން ވަނަ ފިލްމު ޑައިރެކްޓުރާނީ ކޯލިން ޓްރީވޯރޯކަން އިއުލާނުކޮށްފި އެވެ.

ސްޓީވެން ވަނީ މި ހަބަރު އެންޓަޓެއިންމަންޓް ވީކްލީއަށް ދިން އިންޓަވިއުއެއްގައި ކަށަވަރުކޮށްދީފަ އެވެ. ކޯލިންއަކީ މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރެވެ.

"ޖުރެސިކް ވޯލްޑް 3 ގެ ސްކްރިޕްޓް އަދި ޑައިރެކްޝަންގެ މަސައްކަތް ކުރާނީ ކޯލިން." ސްޓީވެން ބުންޏެވެ.

ކޯލިން ޑައިރެކްޓުކުރި "ޖުރެސިކް ވޯލްޑް 1" ގައި ފެނިގެންދިޔައީ ކްރިސް ޕްރެޓް، ބްރައިސް ޑެލަސް ހޯވާޑް، ޓައީ ސިމްޕްކިންސް، އިރްފާން ހާން އަދި ވިންސެންޓް އެވެ. ދުނީޔެ އެކި ހިސާބުތަކުގައި ދައްކައިގެން އެ ފިލްމަށް 1.67 ބިލިއަން ޑޮލަރު ލިބުނެވެ.

"ޖުރެސިކް ވޯލްޑް 2" ގެ ޓްރެއިލާ.

ޖުރެސިކް ވޯލްޑް 3 ގައިވެސް އެކްޒެކެޓީވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ސްޓީވެން އެވެ.

މި ފިލްމު ސީރީޒްގެ ދެ ވަނަ ފިލްމު "ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އަންނަ ޖޫން މަހު 22 ގައި ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ. ކޯލިން އަދި ސްޓީވެން އެކްޒެކެޓީވް ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިވާ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ޖޭ އޭ ބަޔޯނާ އެވެ.