ރަސްފަންނު

ބޭބީކެއާ ފެސިލިޓީޒް ބިލްޑިން ރަސްފަންނުގެ އެހެންދިމާއަކަށް

Apr 2, 2018
3
ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަން: ބޭބީކެއާ ފެސިލިޓީތައް އެހެން ދިމާލެއްގައި ގާއިމް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ރަސްފަންނުގެ ޕެވީލިއަންގައި ގާއިމް ކުރަން ނިންމާފައި އޮތް އާންމު ހިދުމަތް ދޭ ފެސިލިޓީތައް ރަސްފަންނުގެ އެހެން ސަރަހައްދެއްގައި ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގްލޯރިޔާ ޖީންސް ކޮފީ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕެވީލިއަންގެ ކޮންސެޕްޓާއި ކޮންޓްރެކްޓްގައި ރަސްފަންނުގައި މޫދަށް އެރި އުޅޭ އާއިލާތަކަށާއި ކުޑަކުދިންނަށް ބޭނުންވާ ހިދުމަތްތަކަށް ބޭނުންވާ ޖާގައެއް ހެދުމަށް ރާވާފައި އޮންނާނެ ކަމަށާއި އޭގެ ތެރޭގައި ބޭބީކެއާ ޗޭންޖިން ރޫމްތަކާއި ފާހަނަބަރިތަކާއި ޝަވަރުތައް ހިމެނޭނެ ކަމަށެވެ. ނަމަވެސް ޕެވީލިއަން ހުޅުވިގެން ދާއިރު އެބައި ނެތުމުން ގިނަ ބަޔަކު ސުވާލު ކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕެވީލިއަން ހަދަން ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާއެކު ހެދި އެއްބަސްވުމުގައި ވެސް އެބައިތަކާއެއްކޮށް ތަރައްގީ ކުރާ ވާހަކަ ހިމަނާފައިވާ ކަމަށާއި އޭގެ އިތުރުން ޕެވީލިއަންގައި ފްރެންޗައިޒްތަކެއް ވެސް ހުޅުވުމުގެ ވިސްނުން އެމްޑަބްލިއުއެސްސީއިން ގެންގުޅުއްވި ކަމަށެވެ. އެހެންވެ އެ ޕެވީލިއަން އިންޓަނޭޝަނަލް މިންގަނޑުތަކަށް ބައްޓަން ކުރަން ޖެހޭ ކަމަށާއި އެހެން ވެ އެފަދަ ހިދުމަތްދޭ ފެސިލިޓީތައް ހުރުމުން މައްސަލަތަކެއް ދިމާވީ ކަމަށެވެ.

"މި ޑިވެލޮޕްމަންޓުގެ ތެރޭގައި އެމްޑަބްލިއުއެސްސީއިން އެއްބަސްވެފައިވާ ފަދަ ފެސިލިޓީއެއް ގާއިމްކޮށްދޭން ޖެހޭނެ ނިމިގެން ދާއިރު، ނަމަވެސް އިންޓަނޭޝަނަލް ފްރެންޗައިޒްތައް ގެންނަން ބޭނުންވާ އިރު އެ ފްރެންޗައިޒްތަކުގެ މިންގަނޑަށް އިމާރާތް ބައްޓަން ކުރާ ކަމަށް ވަންޏާ މި ދެންނެވި ކަންކަން މިތާގެ ތެރޭގައި ހިމަނައިގެން ނިންމަންޏާ ކުދި ކުދި މައްސަލަތައް އެ ބޭފުޅުންގެ ސްޓޭންޑަޑަށް ގެންދިޔުމުގައި ދިމާވޭ،" މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން އެމްޑަބްލިއުއެސްސީއިން ނިންމާފައި ވަނީ ކުރިން ވެސް އެއްބަސްވެވުނު އެ މަސައްކަތް ރަސްފަންނުގެ އެހެން ދިމާލެއްގައި ގާއިމް ކުރުމަށް ކަމަށާއި އެގޮތުން އައިޖީއެމްއެޗް ކޮޅުން ރަސްފަންނުގެ ބީޗުގައި ހޮޅުއަށި ދިމާލުގައި އެތަން ގާއިމް ކުރާނެ ކަމަށެވެ. އަދި އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އެމްޑަބްލިއުއެސްސީއިން ފަށާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ އިން ކުރިން އެއްބަސްވެފައިވާ ގޮތުން ރަސްފަންނު ހުޅުވާތާ ހަ މަސް ފަހުން ޕެވީލިއަންގެ މަސައްކަތް ނިންމަން ޖެހެ އެވެ. އަދި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަސްފަންނު ހުޅުވި ނަމަވެސް ޕެވީލިއަންގެ މަސައްކަތް އޮތީ ނުނިމި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނޫފަރު

ވަގުންގެ ސަރުކާރުން ދެވަނައެއްނެތި ރައްޔިތުންގެ މުދަލުންނާއި އެހެނިހެންކަންކަމުގައިވެސް މުޅިންކުރަނީ ވައްކަން އެންމެ ފަހުން ވަގުންގެ ސަރުކާރުން ހުޅުމާލެއިންފުލެޓްތައް ދީފައިވަނީވެސް މުޅިންވެސް ކޮރަޕްސަަން ޖަހައިގެން ކުރިން ފުލެޓް ލިބިފައިތިބިމީހުންނަށާއި ގެދޮރުތިބިމީހުނަށް މިއީވެސް މުއިއްޒު ގެ މައްޗަށް ދައުވާކުރަންޖެނޭ ފަދަ ބޮޑުކޮރަޕްސަނެއް

ތަރާޒު

ކޮންޓްރެކްޓަކަށްފަހު ކޮންޓްރެކްޓެއް ބަޔަކަށް ދެމުން ތި ދަނީ އެކަމުގެ އަސަރުން ޖީބުތައް ފުރެނީ

ކަލޯ މުއިއްޒު

އަހަރެމެންގެ ލާރިން ކަލެޔަށް އެބަ އަޗާ ތެޅޭދޯ. ތިޔަތަން ދުވާލަކުގޮތަކަށް ތީއެއްވެސް ޕްލޭނެއް ނެތި ހަދާތަނެއްތަ؟ ކަލޭ ކުރާ ހުރިހާ ކަމެއް ދެފަހަރު ކުރަން ކޮއްމެހެން ޖެހެނީ ކީއްވެތަ؟ ކަލޭގެ އަމިއްލަ ފައިސާއިން ކުރާނަމަ އެގޮތަށް ކުރާނަންތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345