ތެލުގެ އަގު

ޑީސަލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލް ތެލުގެ އަގު ބޮޑު ކޮށްފި އެވެ.

އެސްޓީއޯ އިން މިރޭ ބުނީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލިފައިވާ ކަމަށާއި އެއާއެކު ރާއްޖޭގައި އެ ތެޔޮ ވިއްކާ އަގު ވެސް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން ޑީސެލް ލީޓަރަކުން 20 ލާރި ބޮޑު ވާނެ ކަމަށާއި އެ ބަދަލާއެކު ދެން ޑީސެލް ލީޓަރެއް ވިއްކާނީ 10.41 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެންމެ ފަހުން އެސްޓީއޯ އިން ޑީސެލްގެ އަގަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހުގެ ކުރީ ކޮޅުގަ އެވެ. އެގޮތުން ޑީސެލް ލީޓަރަކުން 20 ލާރި ހެޔޮ ކުރަން އެ ކުންފުނިން އޭރު ނިންމި އެވެ. އަދި މިހާރު ވިއްކަން ނިންމާފައި ވަނީ ޑީސެލްގެ އަގު ހެޔޮ ނުކުރާއިރު އެސްޓީއޯ އިން ވިއްކި އަގަށެވެ.