ދުނިޔެ

އެންމެފަހުން ޓްވިޓާގައި އޮބާމާއަށް އަމިއްލަ އެކައުންޓެއް

ޓްވިޓާގައި އެންމެ ގިނަ ބަޔަކު އެމީހެއްގެ ފަސްފަހަތުން ދުވާ ދުނިޔޭގެ ލީޑަރަކީ ވެސް މިއީ އެވެ. އެހެންވީމަ ޓްވިޓާގައި އަނެއްކާވެސް އެކައުންޓެއް ހުޅުވަން އޮބާމާ އަށް މަޖުބޫރުވީ އެވެ.

އެ ބޭފުޅާގެ ތިން ވަނަ އެކައުންޓެއް އިއްޔެ ޓްވިޓާގައި ހުޅުވާފައިވާއިރު މިއީ ކުރިން ބޭނުންކުރައްވަމުން ގެންދެވި ދެ އެކައުންޓާ ތަފާތު އެކައުންޓެކެވެ. އެ ތަފާތަކީ ރަސްމީ ހައިސިއްޔަތު އޮބާމާގެ މި އެކައުންޓުގައި ނެތީމަ އެވެ.

ޓްވިޓާގައި އޮބާމާ އަށް ކުރިން ހާއްސަ ދެ އެކައުންޓް ކަމުގައިވާ ވައިޓްހައުސް އާއި ބަރަކްއޮބާމާ އަކީ ސީދާ އެ ބޭފުޅާގެ ސަރުކާރުގެ ތެރެއިން ނުވަތަ ރަސްމީ ފަރާތްތަކުން ހިންގި އެކައުންޓުތަކެވެ.

އޮބާމާގެ އާ އެކައުންޓަކީ "ޕޯޓަސް" އެވެ. 

"ހެލޯ ޓްވިޓާ! މިއީ ބަރަކް އޭ. ހަމަ އަސްލަށް ވެސް! ހަ އަހަރަށް ފަހު އެންމެފަހުން އެމީހުން މިވަނީ އަހަންނަށް އަހަރެންގެ އަމިއްލަ އެކައުންޓެއް ދީފައި،" ރަސްމީ ހައިސިއްޔަތުން ނުކުމެ ވަޑައިގެން އަމިއްލަ އެކައުންޓުން ކުރެއްވި ފުރަތަމަ ޓްވީޓުގައި އޮބާމާ ވިދާޅުވެފައި ވަނީ މިހެންނެވެ.

މިހާތަނަށް ތިން ޓްވީޓްކުރައްވާފައިވާއިރު އޮބާމާގެ މި އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ އެއް މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ.

މިފަހަރުގެ އެކައުންޓްގައި އޮބާމާގެ ކުރު ތައާރަފް ވެސް ވަރަށް ފޮންޏެވެ.

"ބައްޕައެއް، ފިރިއެއް އަދި އެމެރިކާގެ 44 ވަނަ ރައީސް،" ކުރު ތައާރަފެއްގެ ގޮތުގައި ލިޔުއްވާފައި ވަނީ މިހެންނެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ އޮބާމާ އަށް އަމިއްލަ އެކައުންޓެއް ދިނީ ރައްޔިތުންނާ ސީދާ މުއާމަލާތުކުރުމުގެ ފުރުސަތު އެ ބޭފުޅާ އަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.