މިއުޒިކް

އުނޫޝާގެ ވިސްނުން ތަފާތުވެ، ޖަޖުން ހޫނު ބަހުސަކަށް

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ އަށް ބައިވެރިންގެ ހުށަހެޅުންތައް ރޭ ވަނީ ގެނެސްދީފަ އެވެ. ރޭގެ ޝޯގައި ބައިވެރިންގެ ވާދަވެރިކަަމަށްވުރެ ޖަޖުންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑު ކަމަށް ގިނަ ބަޔަކުވަނީ ބުނެފަ އެވެ. ބައެއް ޖަޖުންގެ ހިޔާލާއި ވިސްނުންތައް ވަނީ ކުރިމަތިލުމަކަށް ގޮސްފަ އެވެ.

އަށް ބައިވެރިން ރޭ ހުށަހަޅާ ދިނީ "ޖަޖަސް ޗޮއިސް" ނުވަތަ ޖަޖުން ބައިވެރިންނަށް ހިޔާރުކޮށްދީފައިވާ ލަވަތަކެވެ. ރޭގެ ހުށަހެޅުމަށް ބައިވެރިން ތައްޔާރުކޮށްދިނީ ވެސް ޖަޖުންނެވެ.

އައިޑޮލްގެ އޮފިޝަލް ޓުވިޓާއިން ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.

ރޭ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޖަޖު މަރިޔަމް އުނޫޝާ އަށެވެ. އުނޫޝާ ވަނީ ބައިވެރިން ލަވަ ހިޔާރުކުރާއިރު އިތުރަށް ސަމާލުވެ އެ ބައިވެރިޔަކަށް ގުޅޭ ކަހަލަ ލަވައެއް ކިޔަން އިސްކަންދިނުމަށް ބުނެފަ އެވެ. ތަފާތު އާޓިސްޓުން ލަވަ ކިޔާ ގޮތް ބަލައިގެން އޭގެން މިސާލު ނަގައިގެން ކުރިއަށްދިއުމަށްވެސް އުނޫޝާ އިރުޝާދު ދިނެވެ.

ރޭގެ ޝޯގައި އުނޫޝާ ލަވަ ހިޔާރުކޮށްދިން ދެ ބައިވެރިން ކަމަށްވާ ޝަހުދާން އަދި ރައިހާންއަށް ވަނީ ލަވައިގެ ލިރިކްސް އޮޅިފަ އެވެ. މައިގަނޑު ބަހުސް ފެށުނީވެސް މިހާ ހިސާބުންނެވެ.

"ލިރިކްސް އޮޅުން އެއީ އެހެން ކަމެއް. ދުނިޔޭގެ އެހެން ގައުމުތަކުގެ ކޮމްޕެޓިޝަންތަކުގައި، ވަރަށް ވަރުގަދަ އެކުދިންނާއި ގުޅޭ އަދި ވޯކަލައިޒް ކުރެވޭ ލަވަތައް ކިޔާނީ. ސިމްޕަލް ލަވަތަކަށް ބޭންޑުން މާމޮޅު އެރޭންޖުމަންޓެއް ހެދީމަކާ ނޫން. މިއީ ވޯކަލް ކޮމްޕެޓިޝަނެއް." އުނޫޝާ ބުންޏެވެ.

އާޓިސްޓުންގެ ގޮތުގައި ބައިވެރިން ދާއިރާއަށް ނުކުތުމުގެ ކުރިން ޑައިނެމިކްސްއާއި ރެޒޮނޭޝަންސްއާއި އިތުރު ވޯކަލް ޓެކްނިކްސްތައް ރަނގަޅަށް ފުރަތަމަ ދަސްކުރުމަށްފަހު އަމިއްލަ ގޮތްގޮތަށް ލަވަ ކިޔުމަށް އުނޫޝާ އެދުނެވެ.

"މިހާ ހިސާބަށް އަންނައިރު ލިރިކްސް އޮޅިގެން ނުވާނެ." ރައްދުގައި އައްފާން ބުންޏެވެ. އިތުރު ޖަޖުންވެސް ވަނީ ޝޯގެ މިހާ ހިސާބަށް އަންނައިރު ލިރިކްސް ހަނދާން ނެތުން އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ކޮޕީ ރާގާއި އަމިއްލަ ރާގުގެ ބަހުސްވެސް ކުރިއަށްދިޔައިރު، ތަފާތު ޖޯންރާތަކުގެ ލަވަތައް ބައިވެރިން ލައްވާ ކިޔުއްވަން ޖެހޭނެކަމަށް ޖަޖުން ބުނެފައިވެ އެވެ.

އައިޑޮލްގެ ފޯރި އެންމެ ގަދަ ޓުވިޓާގައި ބެލުންތެރިންވެސް ވަނީ އުނޫޝާއަށް ފާޑުކިޔާފަ އެވެ. ރޭ ލަވަ ހިޔާރުކުރީ ބައިވެރިން އަމިއްލައަށް ނުވުމުން އުނޫޝާގެ މި ކޮމެންޓުތަކާއިމެދު ބެލުންތެރިން ހިތްހަމައެއްނުޖެހުނެވެ. ބައެއް ބައިވެރިންނާއި މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ވާހަކަދެކެވުނެވެ. ދެކޮޅަށްވެސް ފާޑުކިޔުންތައް އަމާޒުވިއިރު، އުނޫޝާގެ ކޮންމެޓާއި ގުޅިގެން އާންމުންގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންވެސް ވަނީ ޓުވީޓުކޮށްފަ އެވެ.

ލަވަކިޔުންތެރިޔާ ޝަލަބީ ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ލަވަކިޔުންތެރިޔާ އަންޔާ ހަލީމް ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ލަވަކިޔުންތެރިޔާ ފަތޯ ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.
ބެލުންތެރިޔަކު ކޮށްފައިވާ ޓުވީޓެއް.

ރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ފެނިގެންގޮސްފައި ވަނީ މޯލްޑިވިއަން އައިޑޮލްގެ ކުރީގެ ދެ ސީޒަންގައި ޖަޖުންގެ ޕެނަލުން ފެނިގެންދިޔަ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އެވެ. ކުޑައިއްބެގެ ހުށަހެޅުމެއްވެސް ރޭގެ ޝޯގައި ފެނިގެން ގޮސްފައިވެ އެވެ.

ބައިވެރިންގެ ހުށަހެޅުންތަކަށް ބަލާއިރު އެންމެ ކަމުދިޔަ ހުޅަހެޅުމެއް ފެނިގެންދިޔައީ އަޒަލް، ސައިނާ، ތަސްލީމް އަދި މައިޝާގެ ފަރާތުންނެވެ. އަޒަލް ހުށަހަޅާ ދިނީ ޒީރޯ ޑިގްރީގެ ލަވަ "ނުނިދާތީ" އެވެ. ސުލްތާންސް ބޭންޑުގެ ލަވަ "އެކި ރޭ ރޭ" ސައިނާ ހުށަހަޅާދިންއިރު، ތަސްލީމް ހުށަހަޅާދިނީ ޓްރެފިކް ޖޭމްގެ ލަވަ "ރުއްކުރި" އެވެ. މައިޝާ ހުށަހަޅާދިނީ އަންދަލާ ހަލީމް ކިޔާފައިވާ ލަވަ "ކަނޑުމަތި" އެވެ.

އައިޑޮލްގެ އޮފިޝަލް ޓުވިޓާއިން ކޮށްފައިވާ ޓުވީޓެއް.

ގަދަ އަށް ބައިވެރިންގެ ތެރޭގައި ހިމެނެނީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ. މި ބައިވެރިންގެ ތެރެއިން އެއް ބައިވެރިޔަކަށް މިރޭ ޝޯއިން ވަކިވާންޖެހޭނެ އެވެ.

ޝޯއިން ވަކިވާންޖެހޭ ބައިވެރިއެއް ކަނޑައަޅާނީ ބެލުންތެރިންގެ 50 އިންސައްތަ ވޯޓުންނާއި ޖަޖުންގެ 50 އިންސައްތަ މާކްސްއަށް ބެލުމަށްފަހު އެވެ. ވޯޓު ލުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00 ޖަހަންދެން އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ.