ހަބަރު

ޝާހިދާ ދަންޖެހުނު މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމްގައި ޝާހިދާ އަލީ ނަމަކަށް ކިޔާ އަންހެނަކު މިދިޔަ މަސްތެރޭގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޝާހިދާގެ މަރުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 12:45 ހާއިރު 61 އަހަރުގެ ފިރިހެނަކު ނޮޅިވަރަމް އިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުުކުރެ އެވެ. އެހެނ ނަމަވެސް ޝާހިދާގެ އާއިލާގެ މެންބަރަކު ވަނީ ހައްޔަރު ކުރީ ޝާހިދާގެ ފިރިމީހާކަން "އަވަސް" އަށް ޔަގީންކޮށްދީފަ އެވެ.

ޝާހިދާ ދަންޖެހި މަރުވެފައި ހުރީ އޭނާ ދިރިއުޅޭ ގޭގެ ގިފިލީގަ އެވެ. ޝާހިދާގެ މަރުގައި ޝައްކުތަކެއް އުފެދޭ ކަންކަން ފާހަގަވެގެން ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނެސް ސާމްޕަލްތައް ނެގުމަށް ފަހު އިންޑިޔާގެ ޓްރެވިންޑްރަމްގައި ޕޯސްޓްމޯޓަމްއެއް ވެސް ހަދައިފަ އެވެ.