ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ފަހަތަށް ނުޖެހި އަދީބާއެކު ހުންނާނަން!

Apr 11, 2018
7

ކުރީިގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ފަހަތަށް ނުޖެހި އަބަދުވެސް ހުންނާނެ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނެފި އެވެ.

މިއަދަކީ އަދީބުގެ 36 ވަނަ އުފަންދުވަހެވެ. މިއީ އަދީބު، އޭނާގެ އުފަންދުވަސް ޖަލުގައި ފާހަގަ ކުރާތާ ތިންވަނަ އަހަރެވެ. މިފަހަރުގެ އުފަން ދުވަސް އާއިރު އަދީބު ވަނީ ދޮށީ އަނބިމީހާ ވަރިކޮށްފަ އެވެ.

އަދީބުގެ އުފަންދުވަހާ ގުޅިގެން ނަޝްވާ ރޭ ކުރި ޓްވީޓެއްގައި އަދީބަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައި ވެއެވެ. އަދި ފަހަތަށް ނުޖެހި އަދީބުއަށްޓަކައި މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ނަޝްވާގެ ޓްވީޓްގައި އަދީބާއި އޭނާގެ ކައިވެނީގެ ދެ ފޮޓޯއެއް ވެސް ހިމަނާފައި ވެއެވެ. މިއީ އެ ދެމީހުންގެ ކައިވެނީގެ ފޮޓޯއެއް އާންމުކުރި ފުރަތަމަ ފަހަރެވެ. އެ ދެމީހުން ކައިވެނި ކުރި ދުވަސްވަރު ވަރަށް ގިނަ ބަޔަކު އެ ފޮޓޯތައް ބަލަން ބޭނުންވި އެވެ.

އަދީބު މިވަގުތު ހުރީ މާފުށީ ޖަލުގަ އެވެ. އަދީބު އަންނަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.