ވިޔަފާރި

މޯލްޑިވިއަން އިން އިތުރު ދެ އެއާޕޯޓެއް ހިންގަން ފަށަނީ

Apr 14, 2018
1

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އިތުރު ދެ އެއާޕޯޓެއް ހިންގަން ފަށާން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ގައުމީ އެއާލައިންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ޕީއެސްއެމް އަށް ވިދާޅުވީ ސަރުކާރުން އަލަށް ހަދާ އެއާޕޯޓްތަކުގެ ތެރެއިން ދެ އެއާޕޯޓެއް ހިންގަން ފަށަން ހަވާލުވާނެ ކަމަށެވެ. އަދި އެކަން ސަރުކާރުން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން އިތުރު ދެ އެއާޕޯޓެއް ހިންގަން ފަށަން ތައްޔާރުވަމުންދާއިރު، މިހާރު ވެސް ހަތަރު އެއާޕޯޓެއް ދަނީ ހިންގަމުންނެވެ. މިގޮތުން އެ ކުންފުނިން އެންމެ ގިނަ އިން މަތިން ދާ ބޯޓް އޮޕަރޭޓް ކުރަމުން ދަނީ ބ. ދަރަވަންދޫ އާއި ގއ.ކޫއްޑޫ އަށެވެ. މި ސަރަހައްދުތަކަކީ ގިނަ އަދަދެއްގެ ރިސޯޓުތަކެއް އޮޕަރޭޓް ކުރަންދާ ސަރަހައްދު ތަކެވެ.

ގައުމީ އެއާލައިން އިން ދަނީ ޗައިނާގެ ހަ ސިޓީއެއްގެ އިތުރުން ބަންގްލަދޭޝް އާއި ތައިލެންޑް އަދި އިންޑިޔާ އަށް ދަތުރުތައް ކުރަމުންނެވެ.

ސަރުކާރުން ދަނީ މި ދައުރުގައި ފަސް އެއާޕޯޓެއް އަލަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު އެންމެ ބާރަށް މަސައްކަތް ކުރިއަށްދަނީ ކުޅުދުއްފުއްޓާއި ށ. ފޮނަދޫ އެއާޕޯޓުގެ މަސައްކަތްތަކެވެ.