މިއުޒިކް

ރައިހާން އައިޑޮލްއަށް އަލްވަދާއު ކިޔައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފަސް ވަނަ ބުރުން ރޭ ޝޯއިން ވަކިވާންޖެހުނީ ރައިހާން އާދަމް އަށެވެ. ރައިހާން އައިޑޮލްއަށް އައީ މާލޭ އޮޑިޝަނުންނެވެ. ޖަޖުންނާއި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ރައިހާން އަށް ލިބުނެވެ. ޕިއާނޯ ރައުންޑުގައި އޭނާ ވަނީ ގޯލްޑެން މައިކްވެސް ހޯދާފަ އެވެ.

މިރޭ ޝޯއިން ވަކިވާންޖެހުނު ބައިވެރިޔާ ކަނޑައަޅާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅާދިނީ އިލެކްޓްރޯނިކް ޑާންސް މިއުޒިކް ތީމް ނުވަތަ ފޯރިއަރާއި ގަދައަށް ނަށާ ސްޓައިލްގެ ލަވަތެކެވެ. ޑިޖޭއެއްގެ ގޮތުގައި މިރޭ ޝޯއިން ފެނިގެންދިޔައީ މަޝްހޫރު ދިވެހި ޑީޖޭ، ޕައިޑޭ އެވެ.

ރައިހާން ވަކިވުމުން ގަދަ ހަ ބައިވެރިން މިހާރު ވަނީ ކަށަވަރުވެފަ އެވެ. ގަދަ ހަޔަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، މަރިޔަމް މައީޝާ އަދި އައިޝަތު އަޒަލް ޒާހިރު އެވެ.

ގަދަ ހަ ބައިވެރިންނާއެކު ގާލާ ރައުންޑުގެ ހަ ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ.