ރިޕޯޓް

ކޮރަޕްޝަން ނައްތާލަން ސީރިއަސްކަމެއް ނެތް!

Apr 15, 2018
6

ސަރުކާރުގެ ތެރޭގައި އެންމެ ނުފޫޒާއި ބާރުގައި އުޅުއްވި، ނައިބު ރައީސް އަހުމަދު އަދީބު ފެންތައްޓެއް ބޯލާހާ ފަސޭހައިން ރައްޔިތުންގެ 1.22 ބިލިއަން ރުފިޔާ ރޯމާދުވާލު ވަގަށް ނެގީ މުޅި ދައުލަތް އެކަމުގައި ބައިވެރިވެގެން އެވެ. ރައްޔިތުންގެ މިލްކްގެ ގޮތުގައި ހުރި ސަތޭކައެއްހާ ރަށާއި ފަޅުތައް ހިތުހުރި ގޮތަކަށް ބަހާލުމުގެ ތެރެއިން އޮތީ ބޮޑުވެގެންވާ ވައްކަމެއް ކޮށް ދައުލަތުގެ ހުރިހާ ފަންތިއެއްގައި ތިބި މީހުންނަށް އެކަމުގެ ދިޔައީ މަންފާ ލިބެމުން އެވެ. މިއީ ސިއްސައިގެން ގޮސް ގައިން ހީބިހި ނަގައިގެން ދާވަރަށް ގައުމަށާއި ރައްޔިތުންނަށް ވެފައި އޮތް އެންމެ މަތީ ދަރަޖައިގެ ހިޔާނާތެކެވެ. އެކަމަކު ތާރީހުގެ ތެރެއަށް ގޮސް ވަންނަ އިރު މިއީ މިކަހަލަ ޖަރީމާއެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން އެއްތަނަކުން އެންމެ ބޮޑު ކޮރަޕްޝަންގެ ރެކޯޑް އޮތީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި އެމަނިކުފާނުގެ ޅިޔަނު އަދި އެންމެ އިތުބާރު ކުރައްވައިގެން ގެންގުޅުއްވި ވަޒީރު އިލްޔާސް އިބްރާހިމް އޭރުގެ މަސް އެކްސްޕޯޓް ކުރާ ދައުލަތުގެ މައި އިދާރާ އެފްޕީއައިޑީގެ ތެރެއިން ކުރެއްވި ވައްކަމެވެ. ތުންތުންމަތިން ކިޔާ ގޮތުން ނަމަ، ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އިން އެ ހިޔާނާތް އަގު ކޮށްލެވޭނެ އެވެ. މިއީ އެއިރަށް ބަލާއިރު ލައްކަ ބައިވަރެވެ.

ހިޔާނާތުގެ ވާހަކަ އަކީ ވެސް ހަމައެކަނި ސިޔާސީ ލަވަޔަކަށް ހަދައި އެކަމާ ދެކޮޅަށް އިހުލާސްތެރި މަސައްކަތެއް ނުކުރެވުމަކީ އަދި މާ ބޮޑު މައްސަލަ އެކެވެ. ހިޔާނާތުގެ މިކަންކަން ފައްކާވެ، މޫލަމުން އައީ މިއަދަކު އިއްޔެއަކު އިހަށް ދުވަހަކު ނޫނެވެ. މިއީ އަދި ވަކި ޕާޓީއަކަށް ވަކި ކުލަޔަކަށް ވެސް ހާއްސަވެފައި އޮތް ކަމެއް ނޫނެވެ.

ހިޔާނާތް އެކީ ފުހެލަން ސިޔާސީ ކޮންމެ ބަޔަކު ވެސް އަޑު އުފުލާ އިރު ކޮންމެ ޕާޓީއެއްގެ ތެރޭގައި ވެސް ރައްޔިތުންގެ ހަޒާނާ ބޯކިބަލެއްހެން ފޮތިފޮއްޗަށް ބަހާލި މީހުން އެބަ ތިއްބެވި އެވެ. މީހުން ގަބޫލު ކުރާ ގޮތުގައި ގިނަ ސިޔާސީ މީހުންނަކީ ކޮރަޕްޝަންގެ ހުތުރު ވަބާއިން ކިތަންމެ ރަނގަޅަކަށް ވެސް ފެންވަރައިގެން ތިބި ފަރާތްތަކެވެ. އެކަމަކު ފެންނަ މަންޒަރަކީ ސިޔާސީ ބާރުވެރިކަމަށް ޓަކައި ކޮރަޕްޝަނަށް ބީރު ކަންފަތް ދޭކަމެވެ.

ވަކި ބަޔަކަށް ހިޔާނާތޭ ބުނެ އިނގިލި ދިއްކޮށް އަނގަ ހުޅުވައި ޕޯޑިއަމްތަކުގައި ހަޅޭއްލެވޭ ވަރަށް ވުރެ މިއީ މާ ބޮޑު ގައުމީ މައްސަލައަކަށް ވެއްޖެ އެވެ. ކޮރަޕްޝަންގެ ހުތުރު އަމަލުގެ ކަޅު ލަތްތަކުން ފުރިފައިވާ އަސުރުމާ ކުލަޔާއި ރީދު ކުލަޔާއި ރަތް ކުލަޔާއި ފެހި ކުލަ އިން ވެސް ހިޔާނާތުގެ ނުބައި ވަބާ މި އޮތީ އެކީ ދޮވެލައި ފިލުވާލަން ޖެހިފަ އެވެ.

ހިތާމަޔަކީ ހިޔާނާތުގެ ކުށުގައި ދައުވާ ކޮށް ޖަލުގެ ތޭރިތަކުގެ ފަހަތަށް ލެވެނީ، ދަރިފުޅުގެ ހެނދުން ދޮވެލާނެ ދޮންކުޑިކޮޅެއް ނެތިގެން އޮފީހުގައި ހުންނަ މިޒާތުގެ އެއްޗެއް ގެއަށް ގެންދާ ތިން ކުދިންގެ މަންމަ އެވެ. ނޫނީ އޮފީހުގެ ކޮފީފުޅިން ކޮފީ ވަގަށް ނަގާ މީހާ އެވެ.

ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރެއްހާ ދުވަހު ވެސް ހިޔާނާތުގެ މައްސަލަތަކުގައި އެކަށީގެންވާ އަދަބު ދީފައެއް ނުވެ އެވެ. ބޮޑު މައްސަލައެއް ތަހުގީގުކޮށް ހިޔާނާތުގެ ކުށުގައި އަދަބުދޭން ފޮނުވިޔަސް ކޮންމެވެސް ސަބަބަކާ ހުރެ އެ މައްސަލަ ކޯޓަ ހަމަޔަށް ދާގޮތެއް ނުވެ އެވެ. ސުވާލަކީ މިވަރުން ކޮރަޕްޝަންގެ މި ވަބާ ފިލުވާލެވޭނެ ހެއްޔެވެ؟ ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވެފައި އޮތް އިރު، ހިޔާނާތުގެ މޫ މި އަންނަނީ އިތުރަށް ފުނަށް ފައިބައި ވަރުގަދަވަމުންނެވެ. މި ސަރުކާރުގައި ވެސް ކުންފުނިތަކުގެ އިސްވެރިންނަށްވާ ފަރާތްތައް އެންމެ ދުވަހަކުން ބޮޑެތި މުއްސަދިންނަށް ވަމުން އަންނަ އިރު ކޮރަޕްޝަންގެ ވަބާ ފިލުވާލަން ސީރިއަސްކަމެއް އޮތް ނަމަ އެކަމުން އޮންނާނީ ސަލާމަތްވެފަ އެވެ.

ކޮރަޕްޝަން ނައްތާލަން އިހުލާސްތެރިކަމެއް ނެތް

އެފްޕީއައިޑީ ކޭހަކީ ނިކަމެތި ރައްޔިތުން ބޭނި މަސްކޮޅު އޮޅުވާލައި ހީލަތްތެރިކަމެއްގެ ތެރެއިން ބޭރަށް ވިއްކައި، އެ ފައިސާ އަމިއްލަ ޖީބަށް އަޅާލުމުގެ ތެރެއިން ހިންގި ވައްކަމެކެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ވެސް ހިނާޔާތެއް ހިންގީ ރައްޔިތުންގެ ހަރުމުދަލުގެ ގޮތުގައި ހުރި ރަށްތައް މެޓާ ބަހާ އުސޫލުން ބަހާލައިގެން ލިބުނު ފައިސާގެ ބޮޑު މިންވަރެއް އަމިއްލަ އެކައުންޓްތަކަކަށް ކަހާލީ އެވެ. ރާއްޖޭގެ ޓޫރިޒަމަށް ޕްރޮމޯޝަނަށް އުފައްދާފައިވާ އެމްއެމްޕީއާރުސީގެ ތެރެއިން، މި ދެ ހިޔާނާތް ވެސް މި ހިންގެވީ އޭރު ސަރުކާރުގެ އެންމެ ބާރުގައި ތިއްބެވި ބޭފުޅުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކޮރަޕްޝަން ހުއްޓުވުމަށް ވައުދުގެ ވަޑައިގަތް ނަމަވެސް ނަޝީދުގެ ކެބިނެޓް މިނިސްޓަރުންނާ މެދުވެސް، ދައުލަތުގެ ފައިސާއަށް ހިޔާނާތްވުމުގެ މައްސަލަތައް އޮޑިޓް ރިޕޯޓްތަކުން ވަނީ ފެންމަތިވެފަ އެވެ. އޮޑިޓް ރިޕޯޓްތަކުން ފެނުނު މަންޒަރަކީ ރިޝްވަތާއި ހިޔާނާތާއި ވައްކަންތަކުގެ ތެރޭގައި ނަޝީދުގެ ސަރުކާރު ވެސް ގެބިފައިވާތަނެވެ.

މިލިއަން ރުފިޔާގައި ހުރި ހިޔާނާތުގެ އަދަދުތައް އެންމެ ފަހުން ބިލިއަން ރުފިޔާއިން ގުނާލެވޭ ހިސާބަށް މިއަދު ކަންކަން ދިޔުމަކީ ހަގީގަތުގައި ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގައި ވެސް ސީރިއަސް މަސައްކަތްތަކެއް ނުކުރެވި އޮތް ކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. މިހާރު ހިނގައިގެން މި އުޅޭ ރެކޯޑް އަދަދެއްގެ ހިޔާނާތުގެ އަސްލަކީ ވެސް ކޮރަޕްޝަން ނައްތާލުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގާތައް ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކަށް އެކަށީގެންވާ މަސައްކަތް ނުކުރެވުމުގެ ނަތީޖާ އެވެ.

މައްސަލައިގެ ފެށުމަށް ދާއިރު އެމްއެމްޕީއާރުސީގެ ތެރެއިން އަދީބު ހިންގަވަމުން ގެންދެވި 77 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ރިޕޯޓް ހާމަކުރުމާ އެކު، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްއަށް މަޖިލީހުގެ މެންބަރުން ދެއްވި ހަދިޔާ އަކީ މަގާމުން ނަގައި އެއްފަރާތް ކޮށް އެއްލައިލުމެވެ. އޮޑިޓް ރިޕޯޓްގެ ވާހަކަ ވެސް އެންމެ ފަހުން ފަސްއަޅާ ފޮރުވީ އެވެ. ކޮންމެ ބަޔަކު ވެސް ބެލީ އަދީބު "ގޯނި ގޯނީ"ގައި ބެއްސެވި ފައިސާ ދަމައިގަނެވުނު ގޮތަކަށް ދަމައިގަނެގެން މުއްސަދިވާށެވެ.

ރައީސް ޔާމީންއަށް ވެސް އަދީބުގެ ކޮރަޕްޝަންގެ ވާހަކަތައް ތަކުރާރުކޮށް ދެންނެވި ނަމަވެސް އެކަމަށް އެމަނިކުފާނު ދެއްވީ ބީރު ކަންފަތެވެ. ބެލެވޭ ގޮތުގައި ޕާޓީ ހިންގުމަށާއި އެމަނިކުފާނުގެ އެހެން ވެސް ސިޔާސީ ކަންކަމަށް އަދީބުގެ ފަރާތުން ފައިސާ އޮއްސާތީ އެމަނިކުފާނަށް ވެސް އެގޮތް ރަނގަޅުވީ ކަމަށްވެދާނެ އެވެ. ތިމަންނާގެ ސިޔާސީ މަސައްކަތްތަކަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާގެ އެހީތައް ބަލަހައްޓާ މީހަކީ އަދީބޭ ވިދާޅުވެ އެކަން ހަމަޖެއްސޭކަށް ނެތެވެ. ކޮރަޕްޝަންގެ ތުހުމަތު މިނިސްޓަރަކާއި ސަރުކާރުގެ އެހެން ވެސް އޮފިޝަލަކާ މެދު ކުރެވޭ ނަމަ އެންމެ ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ބެލުމަކީ ރައީސްއަކު ސީރިއަސްކޮށް ނަންގަވަން ޖެހޭ މައްސަލަ އެކެވެ. އަދީބުގެ ފައިސާގެ ޖާޑީގައި ސައްހަ ފައިސާ ހުރީ ކިހާ މިންވަރަކަށް ކަމެއް ނޭނގެއޭ ވިދާޅުވުމުން އަދި މައްސަލައެއް ނިމުނީއެއް ނޫނެވެ. އެ ތުހުމަތުތައް ފުރަތަމަ ކުރެވެމުން ދިޔަ އިރު އެކަން ނުބެލި ހިސާބުން، އެމަނިކުފާނު އެ ވަނީ ބޮޑު އިހުމާޅެއްވެފަ އެވެ.

އޮޑިޓް ރިޕޯޓްގައި ވެސް ފާހަގަ ކޮށްފައި އޮތީ ޑޮލަރު ގަތުމުގެ ނަމުގައި، އެމްޕީއެލް އިން ފައިސާތަކެއް ނަގައި، އަދީބުގެ ބައްޕަ ހިއްސާއެއް އޮންނަ މޮންޓިލިއަމް ކުންފުންޏަށާއި އޭނާގެ ބޮޑު ބޭބެ، ހާމިދު އިސްމާއިލް، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލް މެނޭޖަމަންޓަށް ދިނުމަށް ހިންގި ބޮޑު ވައްކަމެކެވެ. ހަތްދިހަ ހަތް މިލިއަން ރުފިޔާއިން ފަޅާއަރާފައި އޮތް ހިޔާނާތް ނިމުނު އައިރު، އެއް ބިލިއަން ރުފިޔާއަށް އެ ހިޔާނާތުގެ ޖުމްލަ އެރުމުގެ އަސްލަކީ އެ މައްސަލަ ބަލަން އިހުމާލުވުން ކަމަށް، އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ވެސް ކަޅާ ހުދުން ވަނީ ލިޔެފަ އެވެ.

"މި އޮފީހުން 29 އޮކްޓޫބަރު 2014 ގައި ޝާއިއުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓު ރިޕޯޓުގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭގޮތަށް އެމްއެމްޕީއާރުސީ މެދުވެރިވެގެން ފައިސާގެ ބޮޑެތި މުޢާމަލާތްތަކެއް ހިންގާފައިވާކަމަށާ އަދި އެ ފައިސާތަކުގެ ތެރެއިން ބައެއް އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އާއިލީ މަސްލަޙަތު އޮތް ކުންފުންޏަކަށް ދީފައިވާކަން ފާހަގަކޮށްފައި ވީނަމަވެސް، ސަރުކާރުގެ ކުންފުނިތައް ހިނގާނުހިނގާ ގޮތް ބަލައި ޖަވާބުދާރީކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަރާތްތަކުންނާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން މިކަންކަމުގައި ޝާމިލުވި ފަރާތްތައް ޖަވާބުދާރީކުރުވައި އިސްލާޙީ ފިޔަވަޅުތަކެއް އަޅާފައި ނުވުމަކީ، ފަހުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ހިންގުމަށް މަގުފަހިކޮށްދިން ކަމެކެވެ،" ފަހުން ނެރުނު އެމްއެމްޕީއާރުސީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ދެން މި އޮތީ އެންމެ ބޮޑު ސުވާލެވެ. ގައުމުގައި ހިންގާ ބޮޑެތި ހިޔާނާތްތަކުގެ ކުރިމަތީގައި މި އޮތް ބޮޑު ދައުލަތް ކުޑަކަކޫ ޖަހައި ބީރު ކަންފަތެއް ދިނީ ކީއްވެ ހެއްޔެވެ؟

މުއައްސަސާތައް ހިމޭނުން، ދިނީ ބީރުކަންފަތެއް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވަނީ އެ ހިޔާނާތަށް ފެހި ސިގްނަލް ދެވި ކަންކަން ގޯހުން ގޯހަށް ދާން ޖެހުނީ އެ ހިޔާނާތުގެ މަންފާ ދައުލަތުގެ ކޮންމެ ހިސާބަކަށް ވެސް ފޯރަމުން ދިޔުމުން ކަމަށެވެ. ބޮޑެތި ހިޔާނާތްތައް އޮޑިޓް ރިޕޯޓްތަކުގައި މީގެ ކުރިން ވެސް ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ. އެހެން ނަމަވެސް ހިޔާނާތްވި ވަގުންގެ އަތުގައި ހިފައި އަދަބު ދޭން ޖެހޭ ހިސާބުން، ދެން ހުއްޓުން އަރަނީ އެވެ. މިފަހަރު ރެކޯޑް އަދަދުގެ ހިޔާނާތުގައި ވެސް މިޖެހުނީ މިކަހަލަ ހާލެކެވެ.

"އެ ފައިސާއިން ބަޔަކު މުއްސަދި ވަމުން އައީ. މުޅި ނިޒާމަށް މި ހިޔާނާތުގެ ތެރެއިން އައީ މަންފާތައް ވަމުން،" ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވެފައިވެ އެވެ."އޮޑިޓް ރިޕޯޓެއް ނިކުތީމާ ފިޔަވަޅު އަޅަން މި ޖެހެނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ. އެ ކޮމިޓީގެ މެންބަރުންނަށް އޭގެން މަންފާ ލިބެންޏާ އެބޭފުޅުން ކިހިނެތްތޯ އެކަން ހުއްޓުވާނީ. އަޅުގަނޑު އޭރު އެ ރިޕޯޓް ނެރުނީމާ ފެނުނު މަންޒަރަކީ އެއީ،"

އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހާއި އެމްއެމްއޭ އާއި މިހެން ގޮސް ފާރަވެރިވާނެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އޭރު އަދާ ކުރީ ކިހާވަރަކަށް ކަމާ މެދު، ސުވާލު އުފެދޭ ހިސާބަކީ މިއީ އެވެ. އެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން ގައުމީ ބޭންކްގައި ހުޅުވާފައި އޮތް އެކައުންޓެއްގެ ތެރެއިން ކޮންމެ ދުވަހަކު، އެތައް މިލިއަން ޑޮލަރެއްގެ ކަޅު ފައިސާ ސާފުކުރަމުން ދިޔަ އިރު އެކަން ހިނގާނީ އެމްއެމްއޭއަށް ވެސް ހަމަ ޔަގީނުން ވެސް އެނގިގެންނެވެ. ބޭންކްތަކުން ކެނޑިނޭޅި އެމްއެމްއޭއަށް ޝަކުވާތައް އޮއްސަމުން އައި އިރު އެމްއެމްއޭގައި އޮންނަ މިކަންކަން ބަލައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ކަމެއް ވީހެންވެސް ހިއެއް ނުވެ އެވެ. އެކަމާ އަނގައިން ބުނަން ވެސް އެމްއެމްއޭ ބޭނުމެއް ނުވެ އެވެ. ދެ ލައްކައަށް ވުރެ މަތީ ރުފިޔާގެ ޗެކްތައް ކްލެއާ ކުރާ އިރު ބޭންކުން އެމްއެމްއޭއަށް ރިޕޯޓް ކުރަމުން ދިޔަ އިރު، އެސްއޯއެފްގެ އެކައުންޓުން އެންމެ ދުވަހަކު ވެސް ފަސް މިލިއަން ޑޮލަރު ޗެކެއް ޖަމާކޮށްލައި އެ ފައިސާ އެތައް ބައެއްގެ އެކައުންޓްތަކަށް ބައިބަޔަށް ބަހާލި އިރު އެމްއެމްއޭއަށް ކަމެއްވީހެން ވެސް ހީވެފައެއް ނެތެވެ. އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ.

އެފްޕީއައިޑީގެ މައްސަލައަށް ބަލާއިރު، އެސްޓީއޯ އާއި ޓްރޭޑް މިނިސްޓްރީ އަކީ ވެސް އިލްޔާސްގެ މިލްކެއް ކަހަލަ ތަންތަނެވެ. އިލްޔާސްގެ ސިޔާސީ ނުފޫޒު ފެތުރުނުލެއް ބާރު ކަމުން އޭރުގެ ރައީސް މައުމޫނަށް ވެސް ކުރިމަތިވިވެ ވަޑައިގެންނެވީ އިލްޔާސް ހިންގަވަމުން ގެންދެވި ކަންތައްތަކުގެ ބިތުފަންގި ނަގާށެވެ. މައްސަލައިގެ ރިޕޯޓެއް ވެސް އެކުލަވާލި އެވެ. އެކަމަކު އެ ރިޕޯޓް ދައުލަތުގެ ސިއްރެގެ ގޮތުގައި، އޮވެ އެ ރިޕޯޓަށް ވީނުވީތަނެއް އެނގުނު މީހަކު ވެސް ނެތެވެ. އެންމެ ފަހުން "ދެއްވި ފުރުސަތެއްގައި" އިލްޔާސް ވެސް ގައުމުން ބޭރަށް ވަޑައިގެންނެވީ އެވެ. ދެން ތިބި ފަރާތްތަކަށް ވެސް ކުދި އަދަބު ލިބުނަސް އޭރު ބުރިބުރިއަށް ހިއްލައިލި ގަނޑުވަރެއް ފަދަ ގެތަކުގައި އެބޭފުޅުން އެ ގެންދަވަނީ އަރާމު ކުރައްވަމުންނެވެ. ނަޝީދުގެ ސަރުކާރުގެ އިސްވެރިން ވެސް އޭރު ކުއްލިއަކަށް ސުމަކުން ފެއްޓި ވިޔަފާރިތަކުން މުއްސަދިވެ އަރާމު ދިރިއުޅުމެއްގައި އެ އުޅުއްވަނީ ރާއްޖެއިން ވެސް ބޭރުގަ އެވެ.

އަދީބު ހިންގެވި ރަތްލާ ޖެހި ވައްކަން ހާމަވެ، އެ ރިޕޯޓް އޭސީސީއަށް ވެސް ފޮނުވުމުން މިއަދާ ހަމަޔަށް ވެސް އަދި އެކަށީގެންވާ ފިޔަވަޅެއް އަދި ނެތެވެ. ރޯމާ ދުވާލު ކޭމެއް ކާލައި އުސޫލުން ބައިތުލްމާލު ނޮޅާލި އިރުވެސް، އެ މައްސަލަަތަކުގައި އޭސީސީއަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވުނެވެ. އޭސީސީ އިން އަބަދުވެސް އެދެމުން އަންނަނީ ވަގުތު އަދިވެސް ބޭނުން ކަމަށެވެ. އެކަމަކު މިފަދަ ވައްކަންތައް ގިނަވެ، ކޮރަޕްޝަންގެ މޫތައް ފެތުރެމުން އަންނަ އިރު، އޭސީސީގެ މަޑުދުވެލީގައި، އައިސް ވަގުންގެ އަތުގައި އެ ކޮމިޝަނަށް ހިފިދާނެކަމަށް ބުއްދި ގަބޫލެއް ނުކުރެވެ އެވެ.

މިހާރު މި އޮތް ރެކޯޑް އަދަދެއްގެ ހިޔާނާތްވި މީހުންނަށް ވާނީ ކިހިނެތް ހެއްޔެވެ؟ ރަސްމަތި ފުށުން ފެށިގެން ވެރިކަމުގެ ކޮއިލަށް ވާރުތަވެފައި މި އޮތް ހިޔާނާތުގެ ހުތުރު ބަލިމަޑުކަމުން ސަލާމަތް ނުވެވިގެން މި އުޅެނީ، ހިޔާނާތުގެ މުގުލުގައި ތިބި މީހުންނަށް ހައްގު އަދަބު ނުދެވިގެންނެވެ. މުއައްސަސާތަކަށް ވެސް އެ އަވަރަށް ހަރަކާތްތެރި ނުވެވިގެންނެވެ.

ސިޔާސީ މައްސަލައެއް ނޫން، ގައުމީ މައްސަލައެއް