ހަބަރު

އެމްއާރުޑީސީގެ ޑީއެމްޑީއަށް ނައިބު މިނިސްޓަރުކަން

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އަހުމަދު މަމްދޫހު (މަންޑޭ) އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މއ. އެރަލްސީ، އަހުމަދު މަމްދޫހް އައްޔަން ކުރައްވާފައިވާ ކަމަށެވެ. މަމްދޫހުއަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ބޭފުޅެވެ. އޭގެ އިތުރުން މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް ކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.

އެމްއާރްޑީސީގެ ޑެޕިއުޓީ އެމްޑީއަކަށް ހުންނެވުމަށް ފަހު މަމްދޫހު ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލު ކުރި އިރު އެމްއާރްޑީސީ މިހާރު ވަނީ އުވާލައިފަވެ.