ހަބަރު

މެކޭނިކަލް ޕާކިން ސިސްޓަމް ބަލަހައްޓާނެ މުވައްޒިފުން ހޯދަނީ

މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަލަހައްޓާނެ މުވައްޒިފުން ހޯދުމަށް ހައުސިން މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ޕްލޭނިން އެންޑް އާބަން ޑިވަލޮޕްމަންޓް ޑިޕާޓްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަ ފަރާތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރަން ޖެހޭ މަސައްކަތަކީ މަލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓަމުން ގެންދާ މެކޭނިކަލް ޕާކިން ސިސްޓަމްތައް އިންސްޕެކްޓު ކުރުމުގެ މަސައްކަތުގައި އެހީވުން ކަމަށާއި އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތުގައި އެހީވުން ކަމަށް އެ އިއުލާގައި ބުނެފައިވެ އެވެ.

އެ މަސައްކަތް ކުރާ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 3100ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި އިތުރު 1000ރ. ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ސިވިލް ސާވިސް މުވައްޒިފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާވެސް ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަގާމްއަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާ އަނގާރަ ދުވަހުގެ ކުރިން ފޯމުތައް ހުށަހެޅުމަށެވެ.

މެކޭނިކްލަ ޕާކިން ސިސްޓަމްތައް މާލޭގައި ބަހައްޓަން ފެށިތައް މިހާރު އެތަށް ދުވަހެއްވެފައިވާ އިރު އަދިވެސް އެ ތަކެތި ބޭނުން ކުރަން ފަށާފައެއް ނުވެ އެވެ. މިހާރު ވެލާނާގެ ކައިރީގެ އިތުރުން ހީނާ މާގޭ ޕާކިންގައި ވެސް އޭގެ ސިސްޓަމެއް ބަހައްޓާފައި ހުރެ އެވެ.