ހަބަރު

ރަސްރަނީގެ ވިންޓާ ކޯނާ އާއި ކެފޭ އެއް ހިންގާނެ ބަޔަކު ހޯދަނީ

Apr 18, 2018

ރަސްރަނީގައި ތަރައްގީކޮށްފައިވާ ވިންޓާ ކޯނާ ބެލެހެއްޓުމާއި އެ ޕާކްގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އަންނަ ފިތުރު އީދަށް ހުޅުވަން ހައުސިން މިނިސްޓްރީން ތައްޔާރުކުރަމުންދާ ވިންޓާ ކޯނާގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ވިންޓާ ކޯނާ ނިމުމުން އެތަން ވެގެންދާނީ އާންމުންގެ ގިނަ ބަޔަކު އުފާކޮށްލަން ދާނެ ތަނަކަށެވެ. މިނިސްޓްރީން އިއުލާންކޮށްފައިވަނީ ވިންޓާ ޕާކް މެނޭޖްކޮށް އަދި ރަސްރަނީގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދުމަށެވެ.

ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތު ހައުސިން މިނިސްޓްރީން ހުޅުވައިލާނެ އެވެ. މިނިސްޓްރީން ބުނީ މިމަހުގެ 29 އާ ހަމައަށް އެ ފުރުސަތު ހުލުވައިލާނެ ކަމަށެވެ.

ވިންޓާ ކޯނާ އާއި ކެފޭއެއް ރަސްރަނީގައި ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވާއިރު ފިތުރު އީދަށް ޕާކު މުޅިން ނިންމައި ހުޅުވާލާނެ ކަމަށް މިނިސްޓަރު މުއިޒް ވަނީ ވިދާޅުވެފަ އެވެ. ވިންޓާ ކޯނާ ތަރައްގީ ކުރަނީ ޕާކުގައި އައިސް ސްކޭޓު ކުރާ ތަނަކާއި ސްނޯ ފައިބާ ގޮތަށެވެ.