ހަބަރު

ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށްފި

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) އިން ފުލުހުންނާ މަޝްވަރާކޮށްފި އެވެ.

އީސީ އިން ފުލުހުންނާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ވަނީ އިންތިހާބުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ކޮމާންޑަރަކަށް ފުލުހުން ހަމަޖައްސާފައިވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ފުލުހުންގެ އިތުރުން އީސީ އިން މިދިޔަ ދުވަސްތަކުގައި ވަނީ އަތޮޅުތަކުގެ ތެރޭގައި ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން އެކި މިނިވަން މުއައްސަސާތަކާ ވެސް މަޝްވަރާކޮށްފަ އެވެ.

އީސީ އިން ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ފަހުކޮޅުގަ އެވެ.