ހަބަރު

ކުރީގެ އެސްއޯ ކޮމާންޑަރު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފި

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ދީދީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

އެސްއޯ ޑީޑީ ވަކިކޮށްފައި ވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގަ އެވެ. ނަމަވެސް އޭނާއަށް ކުރީ ކޮން ތުހުމަތުތަކެއް ކަން ސާފެއް ނުވެ އެވެ. އޭނާގެ މައްސަލަތަކެއް ފުލުހުން ބަލަން ފެށީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށް ފަހުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް ލިބިފައެއް ނުވެ އެވެ.

އެ މައްސަލާގެ ތުހުމަތުގައި ޑީޑީގެ ފޯނު ވެސް ވަނީ ފުލުހުން އަތުލައިފަ އެވެ. އަދި އޭނާ ވަޒީފާ އިން ވަކި ކުރުމުގެ ކުރިން ގއ. ވިލިނގިއްޔަށް ވެސް ބަދަލު ކުރި އެވެ.