ހަބަރު

ޖުމައްޔިލްގެ މައްޗަށް އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ

Apr 18, 2018
9

މަޝްހޫރު ފިލްމީތަރި މުހައްމަދު ޖުމައްޔިލު ނިމާލްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފި އެވެ.

ޖުމައްޔިލުުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އަޑުއެހުމެއް އިއްޔެ މެންދުރު 11:30ގައި ކުރިމިނަލް ކޯޓުގައި ތާވަލްކުރި އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް އޮރިޔާން ކާޑުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާ ޕޮލިހަށް ހާޒިރު ކުރި އޭނާގެ ފޯނުން އޮރިޔާން ކާޑު ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެވެ.

މި މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.

ޖުމައްޔިލް ވަނީ މިދިޔަ އަހަރު ބަނގުރަލުގެ މައްސަލައެއްގައިވެސް ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.