ހަބަރު

ދިވެއްސެއްގެ އަތުން ކިލޯއެއްގެ މަސްތުވާތަކެތި، ދުބާއީ ފުލުހުން މައްސަލަ ބަލަނީ

Apr 18, 2018

ދުބާއީ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެއް ކީލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސެއް އަތުލައިގަތީ ދުބާއީ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ މައްސަލަ ދުބާއީ ފުލުހުން ވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން އާންމެއް ނުކުރި އެވެ.