ހަބަރު

ޑޮކްޓަރުގެ ލަފަޔާ ހިލާހަށް މުހުތާޒާ މެދު އަމަލު ކުރާތީ ކަންބޮޑުވޭ: އާއިލާ

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލު ކުރަމުން ގެންދާ ކަމަށް ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށް ބުނެ އޭނާގެ ވަކީލު އަދި އަނބިކަނބަލުން ޝާދިޔާ އާދަމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝާދިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހުތާޒް ގިނަ އިރުވަންދެއް ބޯޓު ދަތުރު ކުރުމާއި އިޝީންދެގެން އިނުން ފަދަ ކަންކަން ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި ނަމަވެސް މުހުތާޒްގެ ފިޒިއަތެރަޕީ ހެދުމަށް ކަރެކްޝަން އިން ކޮންމެ ދުވަހު އޭނާ މާލެ ގެންދަނީ ދޯންޏެއްގައި ކަމަށެވެ. އެއަށް ފަހު އަނބުރާ ގެންދިޔުމަށް ފުރުމުގެ ކުރިން ގިނަ އިރު ގޮނޑިއެއްގައި ބަހައްޓާ ކަމަށާއި އެއީ ސީދާ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް އޭނާއަށް ދޭ އަނިޔާއެއް ކަމަށް ޝާދިޔާ ވިދާޅުވި އެވެ.

ހުކުމެއް ތަންފީޒު ކުރަން ޖަލުގައި ބަންދުކޮށްފައި ހުންނެވި މުހުތާޒް މައިބަދައިގެ އާލާސްކަންފުޅެއް ބޮޑުވެގެން މިދިޔަ އަހަރު އޭނާ ވަނީ އެޑްމިޓްވެސް ކޮށްފަ އެވެ. އޭނާ ފިޒިއަތެރަޕީ ހަދަން ޑޮކްޓަރުން ލަފާ ދިނީ އެއަށް ފަހުގަ އެވެ.

ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށްލީ ސައްހަ ނޫން ކޯޓް އަމުރެއް ހެދި މައްސަލައެއްގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އޭނާ ޖަލަށް ލުމަަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.