ހަބަރު

އެމްއޭސީއެލްގެ ފެރީއަކާއި ދޯންޏެއް ޖެހި ގެއްލުންވެއްޖެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ ފެރީއަކާއި ދޯންޏެއް އެކްސިޑެންޓުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އެމްއޭސީއެލްގެ ފެރީ އެކްސިޑެންޓްވީ ކަންނެލި ދޯންޏަކާ ކަމަށްވެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓްގައި ފެރީ ގެގަނޑުގެ ކުރީކޮޅުގެ ބޮޑުބައެއް ވަނީ ހަލާކުވެފަ އެވެ. އެމްއެންޑީއެފް އިން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު އަދި ރިޕޯޓް ނުކުރާ ކަމަށެވެ. ފުލުހުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެ އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:30 ހާއިރު ކަމަށާއި ފެރީގައި ހުރި އެކަކަށް އަނިޔާވި ކަމަށެވެ. ނަމަވެސް މާ ބޮޑު އަނިޔާއެއް އެ މީހާއަށް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލަ މިރޭ 7:40 ގައި ފުލުހަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.