ވިހި ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްތައް ހިމެނޭ، އައު ޑޭޓާ ޕެކްތަކެއް އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް ޑިޖިޓަލް، އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ އައު ޑޭޓާ ޕެކްތަކާއި އެކު، ކަސްޓަމަރުންނަށް ލިބޭ ފައިދާ އިތުރުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ކަސްޓަމަރުންގެ ހިޔާލު ހޯދައި، އެބޭފުޅުން އެދޭ ފަދަ ހެޔޮ ބަދަލުތައް އުރީދޫގެ ހިދުމަތްތަކަށް ގެނައުމަކީ ވަރަށް މުހިންމު، އަދި އެކަމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއް،" އަރުޝަދު ވިދާޅުވި އެވެ.
" ދިވެހިންގެ މެދުގައި ޑޭޓާ ބޭނުންކުރާ މިންވަރު އެއްދުވަހުން އެއްދުވަހަށް އިތުރު ވަމުންދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް 4ޖީ ޕްލަސް ފޯރުކޮށްދޭ ހަމައެކަނި ނެޓްވަރކް މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް މި އައު ޕެކޭޖްތަކުން އެތަށް ގުނައެއް އިތުރަށް ޑޭޓާ ލިބިގެންދޭ."
އުރީދޫ ތައާރަފު ކުރި ޕެކޭޖުތައް:
- އުރީދޫ ޑޭޓާ 110 ( ޑޭޓާ އެލަވަންސް- 700 އެމްބީ)
- އުރީދޫ ޑޭޓާ 160 (ޑޭޓާ އެލަވަންސް- 1.25 ޖީބީ)
- އުރީދޫ ޑޭޓާ 220 (ޑޭޓާ އެލަވަންސް- 2.5 ޖީބީ)
- އުރދޫ ޑޭޓާ 330 (ޑޭޓާ އެލަވަންސް- 5 ޖީބީ)
- އުރދޫ ޑޭޓާ 440 (ޑޭޓާ އެލަވަންސް - 7.5 ޖީބީ)
- އުރދޫ ޑޭޓާ 1100 (ޑޭޓާ އެލަވަންސް- 25 ޖީބީ)
އުރީދޫގެ ޑޭޓާ ޕްލޭން ތަކަށް، ކޮންމެ ގަޑިއެއްގައިވެސް، އަދި ކޮންމެ ތަނަކު ހުރެގެންވެސް ސަބްސްކްރައިބް ކުރެވޭނެއެވެ. މިގޮތުން، މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، *929# އަށް ގުޅުއްވައިގެން، އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ޑޭޓާ ޕްލޭންތައް ހިޔާރުކުރެއްވޭނެ އެވެ. އަދި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކުރެވިފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫ އިން ފޯރުކޮށްދެ އެވެ. މި ޕެކްތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، ore.do/data އަށް ޒިޔާރަތްކުރައްވާށެވެ.