ހަބަރު

ދެ ލޯންޗެއް ޖެހި އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

  • ގާތްގަނޑަކަށް ހަތް މީހަކަށް އަނިޔާވެފައިވޭ
  • އެކްސިޑެންޓްގައި ގެއްލުނީ ދިވެއްސެއް
  • މަރުވީ ލޯންޗެއްގެ ފަޅުވެރިއެއް

ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެ އެކަކު ގެއްލިއްޖެ އެވެ. ފުލުހުން ބުނީ މަރުވެފައި ވަނީ ބިދޭސީއެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާއަކީ އެކްސިޑެންޓްވި އެއް ލޯންޗްގެ ފަޅުވެރިއެކެވެ. އޭނާ މަރުވެފައި ވަނީ އޭޑީކޭއަށް ގެނެސް ފަރުވާދެނިކޮށެވެ. ގެއްލިގެން ހޯދަމުން ދަނީ ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ މިހާރު ހަރަކާތްތެރިވަމުން އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން މިހާތަނަށް މާލެ ގެނެސްފައި ވަނީ ތިންމީހުން ކަމަށާއި ނިޔާވީ އޭގެ ތެރެއިން އެކަކު ކަމަށެވެ. އެނގިފައިވާ ގޮތުގައި އިތުރު ފަސްމީހަކު ވެސް މާލެ ގެނައުމަށް މިހާރު އަންނަނީ ދަތުރުކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެކްސިޑެންޓް ހިނގީ މާލެ އަތޮޅު ގުޅީގެ ހުޅަނގުން ހަތަރު މޭލު ބޭރުގައި ކަމަށެވެ. އެކްސިޑެންޓުގައި ހިނގީ އިތާފުށި 3 ނަމަކަށް ކިޔާ ލޯންޗަކާއި އިތާފުށި 5 ނަމަކަށް ކިޔާ ލޯންޗެކެވެ. ތަފްސީީލް އަންނަނީީ...