ހަބަރު

ލަނޑާ ނަގަން އުޅުނު ޒުވާނެއްގެ މެޔަށް ތޮޅިއެއް ހެރި ޒަހަމްވެއްޖެ

އިއްސާއި ހުއިފިލަނޑާ ނެގުމުގެ މަސައްކަތުގައި އުޅުނު ޒުވާނެއްގެ މެޔަށް ފަރުތޮޅިއެއް ހެރި ޒަހަމްވެގެން ފަރުވާދޭން ފަށައިފި އެވެ. ފަރުތޮޅިއަކީ ފެނުން މައްޗަށް ވަރަށް ބާރު ދުވެލީގައި ފުންމާ ފަރުމަހުގެ ބާވަތެކެވެ.

އެމްއެންޑީއެފުން ބުނީ ތޮޅި ހެރިގެން އަނިޔާވީ ހއ. ކޭލަކުނު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ 28 ފޫޓުގެ ދޯންޏެއްގައި ހުރި ޒުވާނެއްގެ މެޔަށް ކަމަށެވެ. އަދި ބުނީ އެދޯނީގެ ކައިރިއަށް ކޯސްޓްގާޑުގެ ސިފައިން ދިޔައީ ތޮޅި ހެރުނު ޒުވާނާއަށް ނޭވާ ނުލެވިގެން އުޅޭތީ ދޯނިން އެމައުލޫމާތު ދިނުމުން ކަމަށެވެ. އޭނާ ހދ. ކުޅުދުއްފުށްޓަށް ގެންގޮސްފައި ވަނީ މިރޭ 10.25 އެހާއިރު ކަމަށާއި އެރަށު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފަރުތޮޅި (ބަރަކޫޑާ) އަކީ ރާއްޖޭގެ ފަރުތަކުގެ ބޭރުގައި ގިނައިން އުޅޭ ބާވަތެކެވެ. ބާރަށް ފުމޭ އެބާވަތަކީ ދޯނިފަހަރުން ބޭނުންކުރާ ގަދަ އަލިތަކަށް ވަރަށް ފަސޭހައިން ފެނުން މައްޗަށް ފުމޭ އެއްޗެކެވެ.