ވިޔަފާރި

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރާ ފެއާ ފަށައިފި

Apr 22, 2018
1

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރަން، ބޮޑު ވަފުދަކާއެކު، އަރެބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބައިވެރިވެއްޖެ އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ކުރި އަށް ދާ އޭޓީއެމް ފެއާގައި ރާއްޖޭގެ 68 ކުންފުންޏަކުން 128 މީހުން ހިމެނޭ ގޮތަށް ކުރިއަށްދާ މި ފެއާގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އޭޓީއެމް ފެއާގެ މަގުސަދަކީ މެދުއިރުމަތީގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށެވެ. އެގޮތުން މެދުއިރުމަތިން އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މެދުއިރުމަތިން މިދިޔަ އަހަރު 49،193 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އެ ސަރަހައްދުން 11،898 މީހުން އައިސްފައިވެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1.3 މިލިއަން މީހުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 420,103 މީހުން އައިސްފައިވެ އެވެ.