ވިޔަފާރި

އޭޓީއެމްގައި މަޓާޓޯގެ ޓްރެވަލް އެޖެންޓް ގައިޑް ނެރެފި

ދިވެހި ޓްރެވަލް އެޖެންޓުން ޕްރޮމޯޓް ކުރަން ހާއްސަ ފުރުސަތު ތަކާއެކު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) ގެ "ޓްރެވަލް އެޖެންޓް ގައިޑް" ނެރެފި އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓް، ގެ ދުބާއީގައި ކުރިއަށްދާ އޭޓީއެމް ފެއާ 2018 ގައި "ޓްރެވަލް އެޖެންޓް ގައިޑް" ނެރެ ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މަޓާޓޯ އިން ބުނީ ޓްރެވަލް އެޖެންޓް ގައިޑުން ދިވެހި ޓްއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ގިނަ ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ރާއްޖޭގައި މިގޮތަށް ޓްރެވަލް އެޖެންޓުނަަށް ހާއްސަކޮށްގެން ނެރުނު ފުރަތަމަ ގައިޑް ކަމަށެެވެ.

ޓްރެވަލް އެޖެންޓް ގައިޑުގައި ދިވެހިންނަށް އިޝްތިހާރު ކުރަން ހިލޭ ފުރުސަތު ލިބޭއިރު، މިއީ ބޭރުގެ ގިނަ ފެއާތަކެއްގައި ބަހާ ގޮތަށް ނެރެފައިވާ ގައިޑެކެވެ. މި ގައިޑު ނެރޭނީ އަހަރަކު އެއް ފަހަރު އެވެ.

މަޓާޓޯ އިން ދަނީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ، ފަރާތްތަކަށް ހުރި ފުރުސަތުތަށް ތަނަވަސް ކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް އެ ޖަމިއްޔާ އިން މަޖައްލާއެއް ނެރޭއިރު، ދުނިޔޭގެ ގިނަ ފެއާތަކަށް ގޮސް ރާއްޖެ އިޝްތިހާރު ކުރެ އެވެ.