ވިޔަފާރި

ރާއްޖޭގެ 100 މިލިއަން ޑޮލަރުގެ ބޮންޑު ޔޫއޭއީގައި ވިއްކާލައިފި

Apr 26, 2018
2

ރާއްޖޭގެ 100 މިލިއަން ޑޮލަރުގެ ބޮންޑެއް ޔުނެއިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް، އަބޫދާބީ ފަންޑް ފޯ ޑިވްލޮޕްމަންޓް (އޭޑީއެފްޑީ) އަށް ވިއްކާލައިފި އެވެ.

އޭޑީއެފްޑީއަކީ ރާއްޖެ އަށް 40 އަހަރުގެ ތެރޭގައި ބޮޑެތި އެހީތަކެއް ދީފައިވާ ފަންޑެކެވެ، އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ދަތުރުފަތުރުގެ އިތުރުން ބޯހިޔާވަހިކަމާއި ހަކަތައިގެ ދާއިރާއިން އެހީ ވަނީ ދީފަ އެވެ. މި ފަންޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއަށްވެސް އެހީތެރިކަން ދީފައިވެ އެވެ.

ބޮންޑް ވިއްކާލާފައިވަނީ ޕްރައިވެޓް ޕްލޭސްމެންޓް އުސޫލުން އޭޑީއެފްޑީ އަށް ކަމަށެވެ. ޕްރައިވެޓް ޕްލޭސްމަންޓް އުސޫލަކީ ހޮވާލެވިގެންވާ ވަކި އިންވެސްޓަރުންތަކެއްގެ މެދުގައި ކެޕިޓަލް އެއް ރެއިޒްކުރުމަށްޓަކައި ލިސްޓު ކުރާ ކުރުމެވެ. މި އުސޫލުން އާއްމު ގޮތެއްގައި އިންވެސްޓްމަންޓް ފޯރުކޮށްދޭނީ ބޮޑެތި ބޮންޑުތަކާއި ފަންޑުތަކުގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ފެންޝަން ފަންޑުތަކަމަށެވެ.

ފިނޭންސުން ބުނީ މި ބޮންޑު ވިއްކާލުމުގައި އިސްކޮށް ލީޑު މެނޭޖަރެއްގެ މަސައްކަތް ކުރީ ފަސްޓް އަބޫދާބީ ބޭންކު ކަމަށެވެ.

އޭޑީއެފްޑީއަކީ ރާއްޖެ އަށް 40 އަހަރުގެ ތެރޭގައި ބޮޑެތި އެހީތަކެއް ދީފައިވާ ފަންޑެކެވެ، އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ދަތުރުފަތުރުގެ އިތުރުން ބޯހިޔާވަހިކަމާއި ހަކަތައިގެ ދާއިރާއިން އެހީ ވަނީ ދީފަ އެވެ. މި ފަންޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއަށްވެސް އެހީތެރިކަން ދީފައިވެ އެވެ.

ޔޫއޭއީގައި ރާއްޖޭން ބޮޑެއް ވިއްކާލާފައިވާއިރު، މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ސިންގަޕޫރުގެ ހިއްސާގެ ބާޒާރުގައި 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކާފަ އެވެ.

ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި 200-300 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކާނެ ކަމަށް ބުނެފައިވެ އެވެ. ބޮންޑް ވިއްކައިގެން ލިބޭ ފައިސާ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.