ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އެންމެ ފަހު ވަގުތު ފުރުސަތު ލިބިވަޑައިގަންނަވާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް) ގެ އަހަރީ ޖަލްސާގައި އިއްޔެ ކުރެެއްވި ތަގުރީރަށް ފަހު ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވާދަ ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނެ ކަަމަށާއި އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.
"މި ސެޕްޓެމްބަރުގައި އެބަ އޮތް އިންްތިހާބު. އާދައިގެ މަތިން އަޅުގަނޑަށް އަދި އޮތީ އަޅުގަަނޑަށް ވާދަ ނުކުރެވޭ ގޮތަށް. މިކަން ދެމިގެން ދާނެ 11 ވަނަ ގަޑިއިރާ ހަމައަށް. ދެން އެންމެ ފަހުން އެމީހުން ބުނާނެ އަޅުގަނޑަށް ވާދަ ކުރެވޭނެއޭ. އަދި އަޅުގަނޑު އުއްމީދު ކުރަނީ އަނެއްކާވެސް އިންތިހާބު ކާމިޔާބު ކުރަން،" ޓީސީއެމްއޯއެލްގެ އަހަރީ ޖަލްސާގެ ހޯސްޓް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޓީސީއެމްއޯއެލްގެ އަހަރީ ޖަލްސާގައި މެހުމާނެއްގެ ގޮތުގައި ނަޝީދު ތަގުރީރު ކުރައްވަން އެ ގްރޫޕުން ދައުވަތު އެރުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށެވެ. ނަަމަވެސް އެޖަލްސާގައި ކުރެއްވި ތަގުރީރުގައި ދެއްވި ތަގުރީރުގައި އެމަނިކުފާނު އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުންް ވާހަކަފުޅު ދެއްކެވުމަށެވެ. އެގޮތުން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ކުރިން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތައް ތަކުރާރު ކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ފޮރުވިފައިވާ އެހެން ދައުލަތެއް އޮންނަ ކަމަށާއި އެ ދައުލަތް އުފެއްދީ އައިސިސް އިން ކަމަށް ދައްކަވާ ވާހަކަފުޅާއި ރާއްޖޭން ބިން ހޯދަން ޗައިނާއިން މަސައްކަތްކުރާ ކަމަށް ދައްކަވާ ވާހަކަފުޅު ތަކުރާާރު ކުރެއްވިއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭ ކަަމަށް އދ.ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ވެސް ކުރިން ވަނީ ބުނެފައެވެ.