ހަބަރު

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއަކަށް އަންނަ ހަފުތާގައި ފޯމް ދޫކުރަނީ

ބޯހިޔާވަހިކަން ދިނުމަށްޓަކައި ސަރުކާރުން ހިންގާ " ހިޔާ މަޝްރޫއު"ގެ ދަށުން އަޅާ ފްލެޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ 12 ކެޓަގަރީއެއްގެ ފޯމް އަން ހަފުތާގައި ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯމް ދޫކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު( މޭމަހުގެ ހަވަނަ ދުވަހު) ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓަށް އެދޭ ފޯމް ދޫކުރުން އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ކަމަށާއި އެކަމަށް ހާއްސަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ބެހޭ އިތުރު މައުލޫމާތު އެދުވަހު އޮންނަ ލައިވް ޕްރެސް ކޮންފަރެންސެއްްގައި ދެއްވާނެ ކަމަށެވެ.

އެއްލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް އަމާޒުކޮށްގެން ސަރުކާރުން ހިޔާ މަޝްރޫއު ފެށީ މިދިޔަ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 36 ޓަވަރުގައި 10080 ހައުސިން ޔުނިޓް އަޅާނެ އެވެ. ފްލެޓްތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭނެ އެވެ