ހަބަރު

ޓޮޕް އެޗީވާޒް އެވޯޑު ޖުލައި މަހަށް ފަސްކޮށްފި

May 4, 2018
1

އޯ ލެވެލް ޓޮޕް އެޗީވާޒް އެވޯޑު ޖުލައި މަހަށް ފަސްކޮށްފި އެވެ.

އެއީ މިދިއަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އެ އެވޯޑު ރަސްމިއްޔާތެވެ.

މި އެވޯޑް ކުރިން ޝެޑިއުލްކޮށްފައި އޮތީ މިމަހަށެވެ. އެ ރަސްމިއްޔާތު ފަސްކުރީ ކީއްވެގެންކަން ބުނެފައެއް ނުވެއެވެ. ނަމަވެސް ފަސް ކުރިކަން ދަރިވަރުންނަަށާއި ބެލެނިވެރިންނަށް މިހާރު ވަނީ އަންގާފަ އެވެ.

ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް މިދިއަ އަހަރު އިތުރުވެފައިވާއިރު ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް މިދިޔަ އަހަރުވަނީ 93 ޕަސެންޓަށް އިތުރުވެފަ އެވެ.