ހަބަރު

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

May 4, 2018
1

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މާލޭގެ ބޮޑު ބަޔަކުން މިއަދު ކަރަންޓު ގޮސްފައިވަނީ ހަވީރު 3:45 ހާއިރު އެވެ.

ސެޓެލްކޯއިން ބުނީ މާފަންނާއި މައްޗަންގޮޅި އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގޮސްފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ހޭދަވާނެ ވަގުތެއް ނުބުނެ އެވެ.