ވިޔަފާރި

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ލިޓަރަކުން 31ލ. ބޮޑުކޮށްފި

May 6, 2018
1

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން 31ލ. މާދަމައިން ފެށިގެން ބޮޑު ކުރަން ނިންމައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ އިން ތެޔޮ އެތެރެކުރާ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯ އިން ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ މިގޮތުން މާދަމާއިން ފެށިގެން ޑީސަލް ލީޓަރަކުން 31 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ބޮޑުވާނެ އެވެ.

ތެލުގެ އަގަށް މި ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކާނީ 10.72ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.42ރ. އަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ އެޕްރީލް ދެވަނަ ދުވަހު އެވެ. އެ ފަހަރު ޑީސަލް ލީޓަރަކުން 20 ލާރި ބޮޑު ކުރި އެވެ. އެ ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ވިއްކަމުން ގެންދިޔައީ 10.41 ރުފިޔާ އަށެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު ގެނައިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއް ވިއްކަނީ 69.72 ޑޮލަރަށެވެ.