ދުނިޔެ

ބޮޑުވަޒީރަކަށް ވާނެ މީހެއް ނިންމާނީ ރަސްގެފާނު: ނަޖީބު ރައްޒާގު

މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިހާބު އެއް ޕާޓީއަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައި ނުވާތީ، ޕްރައިމް މިނިސްޓަރަކަށް ވާނެ މީހެއް ކަނޑައަޅަން ޖެހޭނީ ރަސްގެފާނު ކަމަށް މެލޭޝިޔާގައި ވެރިކަން ކުރާތާ 60 އަހަރުވެފައިވާ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ނަޖީބުއްރައްޒާގުގެ ޕާޓީ، ބަރީސާން ނެޝަނަލް (ބީއެން) އިން އިންތިހާބުގައި ބަލިވުމަށް ފަހު މީޑިއާތަކާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ގައުމުގެ ގާނޫނުގައިވާ ގޮތުން ޕާޓީތަކަށް ބޮޑު ވަޒީރެއް ކަނޑައަޅޭނީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިގެން ކަމަށެވެ. އެހެން ނަމަވެސް އެ މެޖޯރިޓީ އެއް ޕާޓީއަށް ލިބިފައި ނެތް ކަމަށް ނަޖީބު ވިދާޅުވި އެވެ

"އަޅުގަނޑުމެން އުންމީދު ކުރަނީ ރަސްގެފާނު އެންމެ ރަނގަޅު ގޮތް ނިންމަވާނެ ކަމަށް،" ނަޖީބު ވިދާޅުވި އެވެ.

މެލޭޝިޔާގެ އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ، މަޖިލީހުގެ 112 ގޮނޑީގެ ތެރެއިން 115 ގޮނޑި ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ކޯލިޝަން، ޕަކަޓާން ހަރަޕަން (ޕީއެޗް) ޕީއެޗް ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. މުޅި މަޖިލީހުގައި ހިމެނެނީ 212 ގޮނޑިއެވެ. އަދި ނަޖީބުއްރައްޒާގުގެ ޕާޓީ ބީއެންއަށް ލިބިފައި ވަނީ 79 ގޮނޑިކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

މާޔޫސްވެފައި ހުރެ ނަޖީބު ވާހަކަދައްކަވަމުން އިތުރަށް ވިދާޅުވީ އޭނާ ހިދުމަތް ކުރެއްވީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ނިންމައިގެން ކަމަށާއި ގައުމު ހިންގަން ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ތަރައްގީ ގެނެސް ދެވުނު ކަމަށާއި އޭނާގެ ކޮންމެ ނިންމުމެއް ނިންމީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށެވެ.