ވިޔަފާރި

ލަކްސްއިން ޓޫރިސްޓުން އަރާމުކުރަން ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި

May 22, 2015

ރާއްޖޭގައި ދިއްދޫފިނޮޅު ހިންގާ ލަކްސް ގްރޫޕުން ޓޫރިސްޓުން އަރާމު ކުރުމަށް ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން އިނގިރޭސިވިލާތުގެ ސްޓެފަން ޕްރައިޒްއާ ގުޅިގެން ތައާރަފު ކުރި މި ވެލްނަސް ޕެކޭޖުގައި ޓޫރިސްޓުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

އެ ރިސޯޓުން ބުނީ މި ޕެކޭޖުގައި ޕާސަނަލް ޓްރެއިނިން ޔޯގާ ކްލާސްތަކާއި ގުދުރަތީ ތާސީރު ހިމެނޭ އެކި ޓްރީޓްމަންޓްތައް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން ސްޕާ ޓްރީޓްމަންޓްވެސް ހިމެނޭ ކަމަށެވެ.

މޮރިޝަސްގެ ލަކްސް ކުންފުނިން ރާއްޖޭގެ އިތުރުން ރީޔުނިއަންގައިވެސް ރިސޯޓު ހިންގަ އެވެ. އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ވޭތުވެދިޔަ ނުވަ މަސް ދުވަހު އެ ކުންފުނީގެ ފައިދާވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ.