ހުޅުމާލޭ ޔޫތު ސިޓީ

ބޮލި ފަރުމާއަށް ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓްތަކެއް

May 12, 2018
4

މުއްސަނދިންނަށް އަމާޒުކޮށް މެލޭޝިއާގެ ކުންފުންޏަކުން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް އެޅުމަށް ނިންމައިފި އެވެ.

ހުޅުމާލޭ ޔޫތު ސިޓީގައި މި އެޕާޓްމަންޓްތައް އަޅަނީ ޖީއެންޑްއެފްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ގްލޯރީ ގްރީން އެންޑް ފުބޯން ވެލްތް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑާއި ރާއްޖޭގެ ޖޭވީ އިންނެވެ. -- މިދިއަ ފެބުރުއަރީ މަހުގެ 21 ގައި ސޮއި ކުރި މި ޕްރޮޖެކްޓަކީ 105 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ޖީއެންޑްއެފްގެ ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ފައިސާގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުން ކުރި ބޮލީގެ ކޮންސެޕްޓްގެ 51 ފަރުމާއެއް ހިމެނޭ، މަހުޖަނުންނަށް އަމާޒުކުރާ ތަނަވަސް އަދި މަތީފެންވަރުގެ މި އެޕާޓްމަންޓްތަކަށް ޔޫތު ސިޓީގައި 14 ބުރީގެ ޓްވިން ޓަވަރެއް އަޅާނެ އެވެ. އެ ދެ ޓަވަރު ހިމެނޭ ގޮތަށް ލަގުޒަރީ 200 އެޕާޓްމެންޓް ފައްކާ ކުރާނެ އެވެ. އެ ތާނގައި ދެ ޖިމާއި ދެ ސްވިމިން ޕޫލް އޮންނައިރު ޕާކިންއަށް ހާއްސަ ދެ ބުރި އާއު ރެސްޓޯރެންޓެއްެ ވެސް ހިމެނެ އެވެ.

ދެ އަހަރުން ނިންމަން ކުރިޔަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި ގަންނަ މި އެޕާޓްމަންޓްތަކުގައި އެޕާޓްމެންޓެއްގައި 1000 އަަކަފުޓާއި 2488 އަކަފޫޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމެންޓްތައް ވެސް ހިމެނެ އެވެ.

އިތުރަށް ކިޑްސް ކޯނާ އަކާއި ކާރާއި ސްޕީޑް ބޯޓްގެ ހިދުމަތް ދެއެވެ. އަދި ބޮލި އެޕާޓްމެންޓްތަކުގެ ބުކިންއަށް ހާއްސަ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ އެވެ.